ގުޅި ކައުންސިލުގެ މެމްބަރު ހަސަން ކައުންސިލަރު ކަމުން ވަކިކޮށްފި

ކ. ގުޅި ކައުންސިލުގެ މެމްބަރު ހަސަން ނަޝީދު ކައުންސިލަރު ކަމުން ވަކިކޮށްފި އެވެ.
ގުޅި ކައުންސިލް އިދާރާއިން ބުނީ ކައުންސިލަރު ކަމުން ހަސަން ވަކިވެފައިވާ ކަމަށް ނިންމާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އޮތް ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.
އޭނާ ކައުންސިލަރު ކަމުން ވަކިކުރީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލަރަކު ޖެހިގެން ޖެހިގެން ހަތް ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ ކައުންސިލަރު ކަމުން ވަކިވާނެ ކަމަށް ބުނެފައިވާތީ އެ ހާލަތް ކުރިމަތިވުމުން ކަމަށް ގުޅި ކައުންސިލް އިދާރާއިން ބުނެ އެވެ.
ގުޅި ކައުންސިލް އިދާރާގެ ނިންމުން ކ. އަތޮޅު ކައުންސިލަށް ހުށަހެޅުމުން އެ ކައުންސިލުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަސަަން ކައުންސިލަރު ކަމުން ވަކިކުރި މައްސަލަ މިހާރު ވަނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ވެސް ހުށަހަޅާފަ އެވެ.
އަމިއްލަ ގޮތުން ގުޅި ކައުންސިލަށް އިންތިހާބުވި ހަސަން ނަޝީދު ކައުންސިލަރު ކަމުން ވަކިކުރުމުން އެރަށު ކައުންސިލްގައި މިހާރު ތިއްބެވީ ޖޭޕީގެ މެންބަރަކާއި ޕީޕީއެމްގެ ތިން މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ