ސްކޫލް ޓީޗާސް ކްރިކެޓް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފުރަތަމަ ސްކޫލް ޓީޗާރސް ކްރިކެޓް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ކްރިކެޓް ބޯރޑުން ހުޅުވާލައިފި އެވެ.
އަންނަ މަހުގެ 9 އަދި 10ގައި ބާއްވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ސްކޫލުގެ ރަޖިސްޓަރީގައިވާ ޓީޗަރުނާއި ސްކޫލުގެ މުވައްޒަފުންނަށް ކަމަށް ކްރިކެޓުން ބޯޑުން މައުލޫމާތު ދެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ސްކޫލްތައް ދައުވަތު ފޮނުވާފާއިވާއިރު ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށް ކްރިކެޓް ބޯޑުން ބުނެއެވެ.
ކްރިކެޓް ބޯޑުން ބުނީ ސްކޫލް ޓީޗާރސް ކްރިކެޓް މުބާރާތުގެ މަގްސަދަކީ ޓީޗަރުންގެ މެދުގައި ގުޅުން ބަދަހިކޮށް ކްރިކެޓަކީ ދަރިވަރުންގެ އިތުރުން ޓީޗަރުން ވެސް ޝައުވެރިވާ ކުޅިވަރަކަށް ހެދުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ