އައްޑޫ ސިޓީ މީދޫ ހުސްނުހީނާވިލާ އިން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި މީހަކު، އެފައިސާ ނެގިތާ ގާތްގަނޑަކަށް 17 މިނެޓްތެރޭގައި ވަގަށް ނަގާފައިވާ ބައެއް ފައިސާއާއި އެކު މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކުރީޖުލައި 30 ވަނަ ދުވަހުގެ 16:36 ހާއިރު ކަމަށެވެ.
އޭނާ ވައްކަން ކުރި މައްސަލަ ހުޅުމީދޫ ޕޮލިސްޓޭޝަނަށް ހުށަހެޅިފައިވަނީ ޖުލައި 30 ވަނަ ދުވަހުގެ 16:19 ހާއިރު ކަމަށާއި މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފިއެވެ.
އޭނާ މިފައިސާތައް ނަގާފައިވަނީ އެގޭ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑެއްގެ ތެރެއިން ކަމަށާއި ގާތްގަޑަށް -/10000ރ (ދިހަ ހާސް ރުފިޔާ) އޭގެ ތެރޭގައި އޮންނާނެ ކަމަށް އެގެއިން ވަނީ ފުލުހުންނަށް މަޢޫލޫމާތު ދީފައި ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެސަރަހައްދު ވައްކަން ކޮށްފާނެކަމަށް ތުހުމަތު ކުރެވޭ މިހަކު ފެނިފައިވާކަމަށް ވެސް އެގެއިން މަޢުލޫމާތު ދިން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން އޭނާ ހޯދައި، ސުވާލު ކުރުމުން އެގެއިން ނަގާފައިވާ ފައިސާގެ ތެރެއިން -/6000ރ (ހަހާސް ރުފިޔާ) ފުލުހުންނަށް ވަނީ ދައްކާފައެވެ.
މިރުފިޔާގެ އިތުރުން އެގެއިން އެއްވެސް ރުފިޔާ އެއް ނަގާފައިނުވާ ކަމަށް ފުލުހުންގެ ތަޙުޤީޤުގައި އޭނާވަނީ ބުނެފައެވެ. މިފައިސާ އޭނާ ރައްކާކޮށްފައިއި ހުރީ އޭނާގެ ގޭގައި ނިދާ ކޮޓަރީގެ އެދުދަށުގައި ބާއްވާފައި އޮތް އޭނާގެ އަމިއްލަ ވޮލެޓް ތެރޭގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.
މިމައްސަލަ މިހާރު ހުޅުމީދޫ ޕޮލިސްޓޭޝަނުން ދަނީ އިތުރަށް ތަޙްގީގް ކުރަމުންނެވެ.
ވަގަށްނެގި ފައިސާ 17 މިނެޓް ތެރޭ ހޯދާ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ