މެމްބަރު ވައްޑޭ އަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި

މިއަދު ހަވީރު ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބުރާހީމް (ވައްޑޭ) އަށް ގުރޫޕަކުން ހަމަލާންދޭން އުޅުނު ކަމުގައި ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޗައިނާ އެންބަސީ ކައިރިން މެމްބަރު ވައްޑޭ އަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފައި ވަނީ މިއަދު އިރު އޮއްސުނު ވަގުތު ކަމަށެވެ. އަދި ހައްޔަރު ކޮށްފައި ވަނީ ދެ ފިރިހެނުން ކަމަށާއި ނަމަވެސް އެ ދެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް އޮފިޝަލް ދީފައެއް ނުވެއެވެ،
މެންބަރު ވައްޑޭއަށް ހަމަލާން ދޭން މަސައްކަތްކޮށްފައިވަނީ ސައިކަލްތަކެއްގައި އައި ގުރޫޕަކުންނެވެ. އަދި ހަމަލާދޭން އުޅުމުން ބަޔަކު ވަނީ އެކަމަށް ހުރަސް އަޅާފަ އެވެ. މި ހަމަލާގައި މެންބަރަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް މެންބަރު ހިމާޔަތްކުރުމަށް މަސައްކަތްކުރި މީހަކަށް އަނިޔާވެފައިވެ އެވެ. އޭނާއަށް ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ