ގޯލްޑަން ފުޓްސަލް މުބާރާތާއެކު އުރީދޫގެ ޚާއްސަ ޕްރޮމޯޝަނެއް: ޓެންޓަށް ޒިޔާރަތްކޮށް މެލޭޝިއާ ދެކޮޅު ޓިކެޓު ހޯދުމުގެ ފުރުސަތު

މި މަހު ކުރީކޮޅު ފެށި އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫން ޚާއްސަ އޮން-ސައިޓް ޕްރޮމޯޝަނެއް ފަށައިފިއެވެ. އުރީދޫން ބުނީ، މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މުބާރާތުގައި، އުރީދޫން ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޓަކައި ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި ހުންނަ އުރީދޫގެ ޓެންޓަށް ޒިޔާރަތްކޮށްލުމުން ބައިވެރިވެވޭނެ ކަމަށެވެ. ކޮންމެ ހަފުތާއަކު އޮންނަ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޓަކައި ޖެހޭނީ ޓެންޓަށް ޒިޔާރަތްކޮށް، އުރީދޫގެ ސުޕަނެޓް، ޕޯސްޓްޕެއިޑް، އަދި 5ޖީ އެއާފައިބާގެ ޚިދުމަތްތަކުގެ ޕެކޭޖުތަކުގެ ތެރެއިން 400 ރުފިޔާއަށް ވުރެ މަތީ ޕެކޭޖެއް ގަންނާށެވެ. https://x.com/OoredooMaldives/status/2009278976234274942 މިގޮތުން މި ޕްރޮމޯޝަންގައި ބައިވެރިވެ، ކޮންމެ ހަފުތާއަކު ޓީވީއެއް، ނުވަތަ ސޯފާއެއް، ނުވަތަ ފުރިޖެއް، ނުވަތަ މައިކްރޯވޭވް އަވަނެއް، ނުވަތަ ތެލި ސެޓެއް، ނުވަތަ ކޮންސިއާޖް ގްރޫޕުގެ ފަރާތުން މެލޭޝިއާގެ ދެކޮޅު ޓިކެޓު ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. އުރީދޫން ބުނީ، މި ޕްރޮމޯޝަންގެ ނަސީބުވެރިން ކޮންމެ ހަފުތާއަކު އިއުލާނުކުރާނެ ކަމަށެވެ. މި ޕްރޮމޯޝަނުގެ މަގުސަދަކީ ތަފާތު ހަރަކާތްތައް މެދުވެރިކޮށް އުރީދޫން މުޖުތަމައާ ގުޅާލުން ކަމުގައި، އެކުންފުނިން މައުލޫމާތު ދެއެވެ. އުރީދޫއަކީ މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެއް ޕްލެޓިނަމް ޕާޓްނަރެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން މިއަހަރު 119 ޓީމަކުން ބައިވެރިވާނެއެވެ. މިދިޔަ އަހަރު މި މުބާރާތް ކާމިޔާބުކުރީ ކ. ކާށިދޫންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ