ކުޑަކުދިންނަށް އާއްމުކޮށް ދީއުޅޭ ފޯމިއުލާއިން ވިހަ މާއްދާތަކެއް ފެނިގެން ސަމާލުވާން އެދިއްޖެއެވެ.
އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނީ ނެސްލޭ ކުންފުނިން އުފައްދާ 'SMA' މަރުކާގެ އިންފެންޓް ފޯމިއުލާ އަދި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗްތަކުން 'ސެރެއުލައިޑް' ކިޔާ ވިހަ މާއްދާއެއް ފެނިފައިވާތީ، އެ ތަކެތި، ބަޒާރުން ނެގުމަށް، ނިންމާފައިވާކަން އެ ކުންފުނިން އާންމުކޮށް އިޢުލާން ކޮށްފައިވާ ކަމަށެވެ.
"ސެރެއުލައިޑް" އަކީ ބެސިލަސް ސިރިއަސް (Bacillus cereus) ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ.
މި މާއްދާއިން ތަޣައްޔަރު ވެފައިވާ އެއްޗެއް ބޭނުން ކުރެވިއްޖެނަމަ މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނުމަކީ، އެކަށީގެންވާ ކަމެކެވެ.
ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ މާއްދާ ހިމެނޭ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއްކަމުގައި ބުނެފައިވެއެވެ.
ސަމާލުވޭ! ކުޑަކުދިންނަށް އާއްމުކޮށްދޭ ފޯމިއުލާ ކިރަކުން ވިހަ ކެމިކަލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ