އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުން ހިތްހަމަ ޖައްސާލަދެއްވާފައި ބޭތިއްބެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ކެމްޕެއިން އޮފީހުން އިންތިޒާމްކޮށްގެން ރޭ ވެސްޓް ޕާރކް ސަރަޙައްދުގައި ބޭއްވި ޙަރަކާތެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު އެންމެ ބޮޑަށް އިސްކަން ދެއްވަނީ ރާއްޖޭގެ ތަރައްޤީއަށް ކަމަށެވެ. އަދި އެއްވެސް މީހަކާ ޒާތީކަމެއް ނޯންނާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންގެ ހިތްހަމަޖެހުންކަމަށެވެ. އެގޮތުން ރަސްފަންނާއި، ރަސްރަނި ބަގީޗާ ފަދަ ތަންތަނަކީ މިކަމުގެ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ޙަރަކާތުގައި، ރައީސް ޔާމީންގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ވެސް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ޔާމީން 2013 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް މެނިފެސްޓޯ ހިއްޕަވައިގެން ރައްޔިތުންގެ އަރިހަށް ވަޑައިގެން ވިދާޅުވީ، އެމަނިކުފާނު ވާދަ ކުރައްވަނީ ވަކި ބޭފުޅަކާ ނޫން ކަމަށާއި، ޤައުމުގައި ހުރި މައްސަލަތަކާއި ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ޤައުމުގައި ރައްޔިތުންނަށް ހުރި ގިނަ ދަތިތައް ޙައްލުކޮށްދެއްވައި ރައްޔިތުންގެ މޫނުތައް ހިނިތުންވުމުން ފުރާލަދެއްވި ރައީސަކީ ރައީސް ޔާމީންކަން ކަށަވަރެވެ.
ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވެސްޓް ޕާކް ސަރަހައްދުގައި ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ޙަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
"އަމާޒަކީ ރައްޔިތުން ހިތްހަމަ ޖައްސާލަދެއްވުން" – ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ