ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިފިއެވެ.
މި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވާފައިވާއިރު، އެ ދެބޭފުޅުންގެ ކެނޑިޑެންސީ ފޯމް ހުށަހެޅުއްވީރައީސްޔާމީންގ ެއިންތިހާބ ީއެޖެންޓު އަދްލ ީއިސްމާޢީލ ްއާމޫސ ާޒަމީރެވެ.
އިލެކްޝަން ކޮމިޝަންގެ ފަރާތުން ފޯމާ ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފެވެ. ފޯމާ ހަވާލުވެވަޑައިގަތުމަށްފަހު ޝަރީފު ވިދާޅުވީ ކެންޑިޑަސީ ގަބޫލުކުރުމާ މެދު 48 ގަޑިއިރު ތެރޭގައި ގޮތެއް ނިންމައި، ކޮމިޝަނުގެ ފަރާތުން ކެންޑިޑޭޓަށް އަންގާނެ ކަމަށެވެ.
ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބަށް މިހާތަނަށް ފޯމު ހުށަހަޅުއްވާފައިވަނީ ރައީސް ޔާމީންގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިޙް، އިބޫ އާ އަމިއްލަ ގޮތުން ވާދަކުރައްވަން ހުށަހެޅުއްވި ހުސެއިން ނަސީރެވެ.
މި ދެބޭފުޅުންގެ ތެރެއިން އިބޫގެ ރަނިންގެ މޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޖޭޕީގެ މެމްބަރ އަދި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ. ހުސެއިން ނަސީރުގެ ރަނިންގެ މޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، ޝެއިޚް ނަސްރުﷲ މުސްޠަފާއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އީސީން ހުޅުވާލި ފުރުޞަތު ހަމަވާނީ މާދަމާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ