ރައީސް މައުމޫން މިރޭ މާލެ ވަޑައިގަންނަވަނީ

މެލޭޝިއާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ މާލެ ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.
މައުމޫން  މެލޭޝިޔާއަށް ފުރާވަޑައިގެންނެވީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރެ އެވެ.
މެލޭޝިޔާއަށް އެމަނިކުފާނު ވަޑައިގަތީ އަނބިކަނބަލުން ނަސްރީނާ އިބުރާހީމަށް ބޭސްފަރުވާ ކުރެއްވުމަށެވެ.
މެލޭޝިއާއަށް ރައީސް މައުމޫން ކުރެއްވި ދަތުރުފުޅުގައި މެލޭޝިއާގައި ކިޔަވަމުންދާ ވަރަށް ގިނަ ޒުވާން ކުދިންތަކަކާއި މެލޭޝިއާގައި ދިރިއުޅެމުންދާ ބައެއް އާއިލާތަކުގެ މީހުން ޕީޕީއެމްއަށް ސޮއިކޮށްފައިވެ އެވެ.
ރައީސް މައުމޫނު މިރޭ މާލެ ވަޑައިގަންނަވާ އިރު ރާއްޖޭގެ ސިޔާސީ މަސްރަހު އަނެއްކާ ވެސްވަނީ ހަލަބޮލިވާން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ