ރާއްޖޭގެ ބޮޑުބަޔަކަށް ޔޫޓިލިޓީ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކޮށް، މާލީ ގޮތުން ހަމައަަކަށް އަޅުވަން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށައި، އަމިއްްލަައަށް ރިޓަޔާކުރަން ބޭނުންވާ މުވައްްޒަފުންނަށް މިމަހުގެ ތިން ވަނަ ދުަވަހު ހުޅުވާލި ފުރުސަތު 97 މުވައްޒަފަކު ބޭނުންކޮށްފައިވާ ކަމަށާއި ކުންފުނި "ރައިޓްސައިޒް" ކުރަން ތަރުހީބު ބޮޑު ކަމަށް މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ފެނަަކައިން މިމަހުގެ ފުރަތަމަ ދުވަހު މުވައްޒަފުނަށް ފޮނުވި އިންޓާނަލް މެމޯއެއްގައިވާ ގޮތުން އަމިއްލައަށް އެދިގެން އެ ކުންފުނިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭނެ އެވެ.
އެކަމަށް އެދި ހުށަހަޅަން ފުރުސަތު ދިނީ މިމަހުގެ 14 ވަނަ ދުވަހާ ހަމައަށެވެ.
އަފީފް މިއަދު "މިހާރު" އަށް ވިދާޅުވީ އެ ފުރުސަތުގެ ބޭނުން ހިފައި ފެނަކައިން ވަކިވާން އެދުނު 97 މުވައްޒަފަކު ރިޑަންޑަންޓް ކުރުމުގެ ކަންތައް މިހާރު ކުރިއަށްދާ ކަމަށެވެ.
"އެ މުވައްޒަފުންގެ އިތުރުން ވެސް ކުންފުނި ރައިޓް ސައިޒް ކުުރަން، މުވައްޒަފުން މަދުކުރުމާ މެދު ރަށްރަށުަގައި ހަމަ ވަރަށް ތަރުހީބު ބޮޑު. ބައެއް ރަށްރަށުން [ބައެއް ރަށްރަށުގެ ބްރާންޗްތަކުގެ މެނޭޖްމަންޓުން] އަމިއްލަ އަށް ވެސް އެބަ ބުނޭ މިތަން ރައިޓްސައިޒް ކޮށްދޭށޭ،" އަފީފު ވިދާޅުވި އެވެ.
The most trusted news source in the Maldives
އޭނާ ވިދާޅުވީ އެގޮތަށް އެދެނީ ކުރާނެ މަސައްކަތެއް ނެތި ސޮއިކޮށްލާފައި އުޅޭ މުވައްޒަފުން ތިބުމުން މަސައްކަތް ހަގީގަތުގައި ކުރަން ތިބޭ މުވައްޒަފުންގެ ހިތްހަމަ ނުޖެހުން އޮތުމާއި އެކު ހިންގުމަށް ވެސް ދަތިތައް ކުރިމަތިވާތީ އެވެ.
އަމިއްލައަށް އެދިގެން ވަކިވާން އެދި ހުށަހަޅާފައިވާ މުވައްޒަފުން ރިޑަންޑަންޓް ކުރުމުގެ މަރުހަލާ ޖުލައިމަހު ނިމޭނެ ކަމަށާއި ކުންްފުނީގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަށް މަދުކުރުމުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަހަރަށް ކަނޑައަޅާފައި އޮތް ބަޖެޓްގެ ތެރެއިން މިއަހަރު ހަމަޖެއްސި ނަމަވެސް އަހަރު ނިމޭ އިރު ކުންފުނި ރައިޓްސައިޒްކޮށް ނިންމައި އެވަރުގެ ކުޑަ ބަޖެޓެއް އަަޅުގަނޑުމެން ކަނޑައަޅާނީ،" އޭނާ ވިދާޅުވި އެވެ.
އަފީފް މީގެ ކުރިން ދެއްވި އިންޓަވިއުއްގައި ވިދާޅުވެފައިވާ ގޮތުގައި ފެނަކައިގައި 8،000 އަށް ވުރެ ގިނަ މުވައްޒަފުން މިހާރު އެބަ ތިއްބެވެ.
އޭނާ އޭރު ވިދާޅުވި ގޮތުގައި ފެނަކައިގައި މިހާރު ތިބި މުވައްޒަފުންގެ އަދަދު އެހާ ގިނަވުމުން، އިދާރީ ގޮތުންނާއި ހިންގުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ. އެހާ ގިނަ މުވައްޒަފުންނަށް މުސާރަ ދީފައި، ޖަނަރޭޓަރުތަކަށް ބޭނުންވާ ސްޕެއާޕާޓް ތަކާއި ތެލާއި އެހެނިހެން ތަކެއްޗަށް ބޭނުންވާ ފައިސާ ހޯދަން ދަތިވާކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކައިން ވަކިވާން 97 މުވައްޒަފަކު އެދިއްޖެ، "ރައިޓްސައިޒް" ކުރަން ތަރުހީބު ބޮޑު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ