ޕޭޕަލް ފަދަ ބައިނަލްއަޤުވާމީ ފައިނޭންޝަލް ޓެކްނޮލޮޖީ (ފިންޓެކް) ޕްލެޓްފޯމްތަކަށް ބޭނުންވާ ވަރުގަދަ ސައިބަރ ސެކިއުރިޓީ ނިޒާމެއް ފޯރުކޮށްދިނުމަށް ދިވެހިރާއްޖެ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
"ޓްރޭޑް ޑެސްކް" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާގެ އެންމެ މުހިންމު އެއް ތަނބު ކަމަށެވެ. އަދި ރާއްޖެއަށް ޕޭޕަލް ފަދަ ޚިދުމަތްތައް ތަޢާރަފުވެގެންދާއިރު، ރައްކާތެރި އަދި ދެމެހެއްޓެނިވި ސައިބަރ މާޙައުލެއް ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި މުއައްސަސާތަކަކީ މިހާރުވެސް ފުރިހަމައަށް އޮޕަރޭޝަނަލް ހާލަތުގައި ހުރި ތަންތަން ކަމަށާއި، ބޭރުގެ ފިންޓެކް ޚިދުމަތްތަކަށް ބޭނުންވާ ޤައުމީ ފެންވަރުގެ ސައިބަރ ސެކިއުރިޓީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން އެ ތަންތަނުގައި އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "މިނިސްޓްރީން ވަނީ ނެޓްވޯކް ސަރވިސް ޕްރޮވައިޑަރުންނާއި، ޓެލެކޮމް އޮޕަރޭޓަރުން އަދި ފިންޓެކް ކުންފުނިތަކަށް ހަރުދަނާ މިންގަނޑުތަކެއް ކަނޑައަޅާފައި. ޤައުމީ ސައިބަރ ސެކިއުރިޓީ މިންގަނޑުތަކަށް އަމަލުކުރޭތޯ ބެލުމަށް ގަވާއިދުން އޮޑިޓް ކުރެވޭނެ،" މިނިސްޓަރ އިތުރަށް ވިދާޅުވިއެވެ.
އިޤްތިޞާދީ ކުރިއެރުމާއި ޒުވާނުންނަށް ހުރި ފުރުޞަތުތައް
މިނިސްޓަރ އިޙްސާން ވަނީ ރައްކާތެރި ޑިޖިޓަލް ނިޒާމެއްގެ ތެރެއިން އުފެދިގެންދާ މި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ޒުވާނުންނަށް ބާރުއަޅުއްވާފައެވެ. ސަރުކާރުން ޤަބޫލުކުރާ ގޮތުގައި މި ޚިދުމަތަކީ ރާއްޖޭގެ ޑިޖިޓަލް އަދި ކްރިއޭޓިވް އިޤްތިޞާދު ކުރިއެރުވުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެކެވެ.
ބައިނަލްއަޤްވާމީ ކުންފުނިތަކަށް ބޭނުންވާ ސައިބާ ސެކިއުރިޓީ ދިނުމަށް ތައްޔާރު: އިހުސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ