ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ކެބިނެޓުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި އަދި ގިނަ ދުވަސްތަކެއް ވަންދެން ދައުލަތަށް ހިދުމަތް ކުރެއްވި އުމަރު ޒާހިރު ވެސް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ)އަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވައިފިއެވެ.
އުމަރު ޒާހިރު ވަނީ މީގެ ކުދަ އިރުކޮޅެއް ކުރިން އިދިކޮޅު ފަރާތްތަކުން ކާނިވަލުގައި ބާއްވާ ބޮޑު ޖަލްސާއަށް ވަޑައިގެންފައެވެ.
އުމަރު ޒާހިރު ޖަލްސާއަށް ވަޑައިގެންނެވުމުން ޖަލްސާގައި ތިބި އެތައް ބަޔަކު ވަނީ އުމަރު ޒާހިރަށް ހޫނު ތަރުހީބެއް އަރުވާފައެވެ.
އުމަރު ޒާހިރުގެ އިތުރުން ކުރީގެ ރައީސް މައުމޫން ްއަބްދުލް ގައްޔޫމުގެ ސަރުކާރުގައި އިސް މަގާމުތައް އަދާ ކުރެއްވި އެހެން ބައެއް ބޭފުޅުން ވެސް މިހާރުވަނީ ވަޑައިގެންފައެވެ.
ކުރީގެ ހައުސިން މިނިސްޓަރު އުމަރު ޒާހިރުގެ ތާއީދު ވެސް އިބޫއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ