ޕެނަލް ބޯޑު މަސައްކަތަށް މުޅި ރަށުން ކަރަންޓް ކަނޑާލަނީ

ޕެނަލް ބޯޑުގެ
މަސައްކަތެއް ކުރުމަށްޓަކައި މިއަދު ހަވީރު މުޅި ރަށުން ކަރަންޓް ކަނޑާލާނެ ކަމަށް
ފެނަކަ އޭދަފުށީ އިންޖީނުގެ އިން ބުނެފި އެވެ.
އޭދަފުށީ އިންޖީނުގެ އިން ބުނި ގޮތުގައި، ޕެނަލް ބޯޑުގެ ބޮޑު މަސައްކަތެއް ކުރުމަށްޓަކައި ކަރަންޓް ކަނޑާނީ މިއަދު ހަވީރު 4:00 އިން ފެށިގެން 5:00 އަށެވެ.
މިގޮތަށް ގިނަ ވަގުތަށް ކަރަންޓް ކަނޑާލަން ޖެހުމުން އާންމުންނަށް
އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހެ އެވެ.
އެހެންވެ މި ވަގުތު ތަކުގައި އާންމުންނަށް ދިމާވެދާނެ
ދަތިތަކަށްޓަކައި އެ ކުންފުނިން މާފަށް އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ