ޑީއެޗްއެލްއަށް ފައިސާ ދެއްކުމުގެ ނަމުގައި ސްކޭމް މެސެޖުތަކެއް!

ޑީއެޗްއެލްއިން އައިސްފައިވާ ޕެކޭޖެއްގެ ކަސްޓަމްސް ކްލިއަރެންސް ހެދުމަށް ފައިސާ ދެއްކުމުގެ ނަމުގައި، މެސެޖްތަކެއް ފޮނު ވަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ ޓީއެމްއޭގެ ނަމުގައި ފޮނުވަމުންދާ މެސެޖުގައި އޮންނަނީ ޑީއެޗްއެލް މެދުވެރިކޮށް އައިސްފައިވާ ޕެކޭޖެއްގެ ކަސްޓަމްސް ކްލިއަރެންސް ހެދުމަށް ފައިސާ ދެއްކުމަށް ކަމަށެވެ. އަދި މެސެޖުގައިވާ ލިންކަށް ވަނުމުން، ކޭޝް ކާޑުގެ މައުލޫމާތު ޖެހުމަށް ބުނާ ކަމަށެވެ. ނަމަވެސް މިއީ ސްކޭމެއް ކަމަށާއި، މިފަދަ މެސެޖެއް ލިބުނަސް ލިންކަށް ނުވަނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ސްކޭމް އެލާރޓް: ޑީއެޗްއެލް ޕެކޭޖެއްގެ ކަސްޓަމްސް ފީއަށް ފައިސާ ދެއްކުމަށް އެދި ޓީއެމްއޭގެ ނަމުގައި ފޮނުވަމުންދާ މެސެޖްގައިވާ ލިންކަށް ނުވަންނަވާ. އަދި ކޭޝް ކާޑުގެ މައުލޫމާތު ހިއްސާ ނުކުރައްވާ! pic.twitter.com/3f2OpoJs9e
— Maldives Police (@PoliceMv) September 19, 2023
އެފަދަ ލިންކެއްގައި ކޭޝް ކާޑު މައުލޫމާތު ހިއްސާ ކުރެއްވިއްޖެ ނަމަ، އެކައުންޓުގައި ހުރި ފައިސާއިން ވެރިފަރާތައް ނޭނގި ބޮޑެތި އަދަދުތަކުން ކުޑަ ހިނދުކޮޅެއްގެ ތެރޭ ވިޔަފާރި ކޮށްލައެވެ. ގިނަ ފަހަރު ކާޑު ބްލޮކް ކުރެވޭއިރު ފައިސާ އަނބުރާ ނުލިބި އެއްކޮށް ގެއްލެއެވެ. ފުލުހުން ވަނީ އެއްވެސް ފަރާތަކަށް ކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
މިފަހަކަށް އައިސް އެކި އިދާރާތަކުގެ ނަމުގައި ކުރަމުންދާ ސްކޭމް މެސެޖުތައް ވަނީ ގިނަވެފައެވެ. އެހެން ކަމުން ގޮތް ނޭނގޭ އެއްވެސް ލިންކަކަށް ނުފިތުމަށް ފުލުހުން އަދި ކަމާއިބެހޭ އިދާރާތަކުން ލަފާދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ