ރިޒާވް ދަށަށް، ޔޫޒަލަބަލް ރިޒާޒްގައި ހުރީ 248 މިލިއަން ޑޮލަރު

ދައުލަތުގެ ރިޒާވް ދަށްވެ، ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު ވެސް 248 މިލިއަން ޑޮލަރަށް ވެއްޓިއްޖެ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ. 
އެމްއެމްއޭ އިން އާންމު ކުރީ ވީކްލީ ފިސްކަލް ރިޕޯޓުން އެނގޭ ގޮތުގައި ޖޫން މަސް ނިމުނުއިރު ރިޒާވްގައި ހުރީ 686.8 މިލިއަން ޑޮލަރެވެ. އެއީ މެއި މަހާ އަޅާބަލާއިރު 18 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. 
Enterprise Development Industrial Pvt Ltd
MU STORE
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
މިދިޔަ އަހަރުގެ ޖޫން މަސް ނިމުނުއިރު ރިޒާވުގައި 832.4 މިލިއަން ޑޮލަރު ރިޒާވުގައި ހުއްޓެވެ. އެހެންކަމުން އަހަރަކަށް ބަލާއިރު އެއީ 145.6 މިލިއަން ޑޮލަރު(17.5  ޕަސެންޓު) ގެ ބޮޑު ދަށްވުމެވެ. 
ހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 248.9 މިލިއަން ޑޮލަރެވެ. އެއީ 11.9 މިލިއަން ޑޮލަރު (4.5 ޕަސެންޓު) ގެ ދަށްވުމެވެ. އަހަރަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖޫން މަނާ އަޅާބަލާއިރު 23 ޕަސެންޓުގެ ކުރިއެރުމަށް ޔޫޒަބަލް ރިޒާވަށް ވަނީ ލިބިފަ އެވެ. 
ރިޒާވް މިހާ ބޮޑަށް މި ދަށްވިއިރު މިދިޔަ މާޗު މަހު ރިޒާވުގައި 1.3 ބިލިއަން ޑޮލަރު ހުއްޓެވެ. އެހެންކަމުން ތިން މަސްދުވަހުގެ ތެރޭގައި ރިޒާވުން 645 މިލިއަން ރުފިޔާ ވަނީ މަދުވެފަ އެވެ. އެންމެ ބޮޑަށް ރިޒާވް ދަށްވީ 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމަންޓު ދެއްކި އޭޕްރީލް މަހުގެ ތެރޭގަ އެވެ. 
އެމްއެމްއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގްރޮސް ރިޒާޗް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރަންޖެހުނު ހޭދަ ގިނަވުން ކަމަށެވެ.  ޓީޓީ ހެދުމަށް ބޭންކުތަކަށް ވިއްކި ޑޮލަރާއި ބޭންކިން ނިޒާމަށް ކުރި ހޭދަ މެއި މަހާ އަޅާބަލާއިރު 43 ޕަސެންޓު އިތުރުވި ކަމަށް އެމްއެމްއޭ އިން ބުންޏެވެ. 
"ރިޒާޗް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރަންޖެހުނު ހޭދަ ގިނަވުން. މީގެ ތެރޭގައި، ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވުން ހިމެނޭ،" އެމްއެމްއޭ އިން ބުނެފައިވެ އެވެ. 
ޓީޓީ ސަޕޯޓަށް އެމްއެމްއޭއިން ކުރަންޖެހޭ ހަރަދު އިތުރުވުމަކީ ރުފިޔާގެ އަގު ހިފެހެއްޓުމަށް ކުރަންޖެހިފައިވާ ހޭދަ އިތުރުވެފައިވާކަމުގެ ނިޝާނެއް ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ. 
"މިއިން ދޭހަކޮށްދެނީ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިން ކުރަންޖެހޭ ހޭދަވެސް ބޮޑުވަމުންދާކަން،" އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ