ވައްކަމާއި ފޭރުމުގެ މައްސަލަތަކާގުޅޭ ބައިމިލިއަނަށްވުރެ ގިނަ ރުފިޔާއާއި މުދާ ފުލުހުން ހޯދައިފި

ހަފްތާއެއް ތެރޭގައި، ވައްކަމާއި ފޭރުމުގެ މައްސަލަތަކާގުޅޭ 611،416 ރުފިޔާއާއި މުދާ ފުލުހުން ހޯދައިފިއެވެ.
މި ތަކެތި ހޯދާފައިވަނީ، ޖޫން 28 ވަނަ ދުވަހުން ފެށިގެން ޖުލައި 4 ވަނަ ދުވަހާ ދެމެދުގެ މުއްދަތުގައެވެ. އެގޮތުން، މި އަދަދުގެ ތެރޭގައި ހިމެނެނީ ނަގުދު ފައިސާގެ އިތުރުން، ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ ތަޙުޤީޤުގެ ތެރެއިން ހޯދާފައިވާ ތަކެތީގެ އަންދާޒާ އަގުތަކެއްކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ފައިސާއާއި މުދާ ހޯދާފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ. އެގޮތުން، ގަލޮޅު ޕޮލިސް ސްޓޭޝަނުން ވަނީ ޖުމްލަ 233،881 ރުފިޔާ ހޯދާފައެވެ. އެއީ މި މުއްދަތުގައި ހޯދި ޖުމްލަ އަދަދުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދެކެވެ. ދެން އެންމެ ގިނަ އަދަދެއް ހޯދާފައިވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނުންނެވެ. އެއީ، 175,000 ރުފިޔާއެވެ.
ވައްކަމުގެ މައްސަލަތަކާއި ޝައްކުކުރެވޭ އެފަދަ ކަންކަން ލަސްނުކޮށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، އަވަހަށް މައްސަލަ ރިޕޯޓުކުރުމަކީ ގެއްލޭ މުދާ ހޯދުމުގެ ފުރުސަތު ބޮޑުވެ، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއްކަން ފުލުހުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ