ސްރީ ލަންކާގެ ބައްތަރަމުއްލާގެ ފެލަވައްތަ ސަރަހައްދުގައި ހުރި ވިލާއެއްގައި ޒުވާން އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އުމުރުން 28 އަހަރުގެ ބިއުޓީޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އެ އަންހެން މީހާ ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 51 އަހަރުގެ ދިވެއްސެކެވެ. ރާއްޖޭގައި ވަޑާކުރާ މީހެއްގެ ގޮތުގައި މަސައްކަތްކުރާ އެ މީހާ ހައްޔަރުކުރީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ.
ލަންކާ ފުލުހުންނާ ހަވާލާދީ މީޑިއާއެއްގައި ބުނެފައިވަނީ އޭނާ އެ އަންހެން މީހާ ރޭޕްކުރީ މަސާޖުގެ ހިދުމަތެއް ހޯދަން ކަމަށް ބުނެ، ދިވެހި މީހާ އުޅޭ ވިލާއަށް ގެންދިއުމަށްފަހު އެވެ. މި މައްސަލައާ ގުޅިގެން ތަލަންގަމާ ފުލުހުންގެ ޗިލްޑްރަން އެންޑް ވުމަންސް ބިއުރޯގެ އޮފިސަރުންގެ ޓީމަކުން މިހާރު ދަނީ ހާއްސަ ތަހުގީގެއް ފަށައިފަ އެވެ.
ނަމަވެސް މި މައުލޫމާތު ލަންކާއަކުންވެސް އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީއަކުންވެސް އަދި ކަށަވަރުކޮށެއް ނުދެ އެވެ. އަދި ހައްޔަރުކުރި ދިވެހި މީހާގެ މައުލޫމާތެއް ލަންކާގެ އެއްވެސް އިދާރާއަކުން އަދި މީޑިއާއަކުންވެސް އާންމުކޮށްފައެއް ނުވެ އެވެ.
މަސާޖުކުރަން ގެންދިޔަ އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ