ސިވިލް ކޯޓަށް ގާޟީން ހޯދަން ހުޅުވާލި ފުރުޞަތުގައި، 42 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
އެ ކޯޓަށް 3 ގާޟީން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިޢުލާނުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެ އިޢުލާނުގައިވާގޮތުން، އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ޢުމުރުން 25 އަހަރު ފުރިފައިވާ ފަރާތްތަކަކަށް ވާންޖެހެއެވެ. އަދި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ މި ދެ ދާއިރާއިން ޑިގްރީ ޙާސިލްކޮށްފައިވުމާއެކު، ޤާނޫނީ ވަކީލުކަން ނުވަތަ ފަނޑިޔާރުކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލިބިފައިވާން ޖެހެއެވެ.
ސިވިލް ކޯޓުގެ ގާޟީއަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 37,700 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ލިވިންގ އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބިވަޑައިގަންނަވައެވެ. މީގެއިތުރުން، ފަނޑިޔާރުންގެ ޤާނޫނާ އެއްގޮތަށް މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވެންސް ވެސް ހަމަޖެހިގެންދާނެއެވެ.
ސިވިލް ކޯޓުގައި މި ވަގުތު ތިއްބެވީ 17 ޤާޟީންނެވެ.
ސިވިލް ކޯޓުގެ ގާޟީކަމަށް 42 ބޭފުޅަކު ކުރިމަތިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ