ވޭތުވެދިޔަ ހަފްތާގައި، މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު 55 ކޭސް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޖުމުލަ 121 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ.
މިހާތަނަށް 5495 ފަރާތަކަށް ހިމަބިހީގެ ވެކްސިން ދީފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދީފައިވާއިރު، އެ އޭޖެންސީން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަޤީންނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން، ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކަށް، ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން ވެކްސިން ޖަހަން ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ޖެހޭނެކަމަށްވެސް އެ އޭޖެންސީން ވަނީ ބުނެފައެވެ. ހަމައެއާއެކު، އެޗްޕީއޭއިން ބުނީ މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރަށްތަކުގެ ޞިއްޙީ މަރުކަޒުތަކުންވެސް ކަނޑައެޅިފައިވާ ގަޑިތަކެއްގައި ވެކްސިންގެ ޚިދުމަތް ލިބޭނެކަމަށެވެ.
ހިމަބިހީގެ އިތުރު 55 ކޭސް، ޖުމްލަ އަދަދު 121 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ