ތިލަދުންމަތީގެ ބައްތެލިތަކުގެ ރިޔާތައް ފެނުމުން ރަސްކަމުގައި ތިއްބެވި ބޭފުޅުންނަށް ހިމޭނުން ތިބެން ދަތިވާނެ ކަމަށް ވިދާޅުވެ ކުޅުދުއްފުށީ ސިޓީ ކައުންސިލަރު ރިލްވާން މުހައްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރިލްވާން ސަރުކާރަށް ފާޑުވިދާޅުވެފައި މިވަނީ ހދ އަތޮޅުގެ ރަށްތަކުގެ ވެރިން އަތޮޅުގެ ތަރައްގީއަށް ގުޅިގެން އެކުގައި މަސައްކަތްކުރާނެ ބޯޑެއް އެކުލަވާލަން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ނިންމި ނިންމުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭކަމަށް އެލްޖީއޭ އިން ބުނެ މޭޔަރ އާތިފަށް އެލްޖީއޭއިން ފޮނުވި ސިޓީއާއި ގުޅިގެނެވެ.
މޭޔަރު އާތިފަށް އެލްޖީއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ، ކައުންސިލްތަކުގެ މައްޗަށް އެކުލެވިގެންވާ ވަކި ބޯޑެއް އަތޮޅެއްގައި ގާއިމުކޮށްގެން އުފައްދައިގެން މަސައްކަތްކުރުމަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ މަހްފޫމަށް ފުރުއަރާކަމެއްކަމަށާއި އަދި އެ ބޯޑުގެ ގާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެލްޖީއޭގެ ސިޓީގައިވެ އެވެ.
ރިލްވާން ވިދާޅުވީ ތިލަދުންމަތީގެ ބައްތެލިތަކުގެ ރިޔާތައް ފެނުމުން، ރަސްކަމުގައި ތިއްބެވި ބޭފުޅުންނަށް ހިމޭނުން ތިއްބަވަން ދަތިފުޅުވާނެކަން ކަށަވަރުކަމަށާއި ނަމަވެސް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުން، ރަށްތަކުގެ ތަރައްގީއަށް ކައުންސިލްތަކުން އިސްނަގައިގެން ކުރާ މިފަދަ ފައިދާހުރި މަސައްކަތްތައް ހުއްޓުވަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ރިލްވާން އިތުރަށް ވިދާޅުވީ އިރާދަކުރެއްވިއްޔާ މޭޔަރާއި ހދ އަތޮޅުގެ ކައުންސިލްތައް އެކުވެގެން ފަށާފައިވާ މި ވަރުގަދަ މަސައްކަތެއް ނުހުއްޓުވޭނެކަމަށެވެ.
ގާނޫނުތަކަށް ބަދަލުގެނެސް އަތޮޅު ކައުންސިލްތައް އުވާލައި އަތޮޅު ލެވެލްގައި މަސައްކަތްކުރަމުންދިޔަ ދިޔުން ސަރުކާރުން ވަނީ ހުއްޓުވާލާފަ އެވެ.
ތިލަދުންމަތީގެ ބައްތެލިތަކުގެ ރިޔާތައް ފެނުމުން ރަސްކަމުގައި ތިއްބެވި ބޭފުޅުންނަށް ހިމޭނުން ތިބެން ދަތިވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ