ވަގު ޑޮލަރުގެ މުއާމަލާތް ކުރި މީހަކު ހޯދަން އިއުލާންކޮށްފި

ވަގު ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
ސޯޝަލް މީޑިއާގައި މިއަދު ފުލުހުން ވީޑިއޯއެއް އާންމުކޮށް ބުނެފައި ވަނީ، ސައްހަ ނޫން ޑޮލަރުން މުއާމަލާތްކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އާންމުކުރި ވީޑިއޯއިން ފެންނަނީ ޓޭކްއަވޭ ހިދުމަތް ދޭ ތަނެއްގެ ކައުންޓަރު ކައިރިއަށް ގޮސް އޭނާގެ ވޮލެޓުން ފައިސާ ނަގައި ކައުޓަރު ކައިރީ ހުރި އަންހެން މުވައްޒަފަކަށް އެ ފައިސާ ހަވާލުކުރާ މަންޒަރެވެ. ފައިސާ ހަވާލުކުރާ ޒުވާނާ ފެންފުޅިއެއް ހިފައިގެން ހުންނަ އިރު އޭނާ ލައިގެން ހުންނަނީ އޮރެންޖް ކުލައިގެ ޓީޝާޓެކެވެ.
ފުލުހުން ބުނީ، އެ ވީޑިއޯ އިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ