ހިތުގެ ލޯބީގެ ބާރު: ހިތުގެ ލޯބިވެރިޔާ ނޫން އަންހެނަކާ ކައިވެނިކުރުވަން ބޭއްވި ޙަފްލާގަ އެންމެން ސިހެން ޖެހުނު ޙާދިސާއެއްގެ ވާހަކަ-

ހިތުގެ ލޯތްބަކީ އެހާފަސޭހައިން ބަދަލުކުރެވޭނެ އެއްޗެއް ނޫންކަމަށް ބުނެފިނަމަ ގިނަ ބައަކު ދެކޮޅު ހަދާނެއެވެ. ނަމަވެސް އެއީ ހިތުގެ ލޯބީގެ ޙަޤީޤަތް ރަނގަޅަށް ނުއެނގޭތީއެވެ. މިހެން ބުނީމާ އެއްބައަކު ބުނާނީ ހިތުގެ ލޯބިވެރިޔާ ނޫން މީހުންނާއިވެސް ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެވޭ ކަމަށެވެ. 
އެކަމަށް އަހުރެންވެސް އެއްބަސްވަމެވެ. ނަމަވެސް އެއިގެ މާނައަކީ އޭނާގެ ހިތުގެ ލޯބިވެރިޔާގެ ހަނދާންތައް ފުހެވިގެން ދިއުމެއް ނޫނެވެ. އެހަނދާންތަކުގައި ހުރެގެން ކުރާނެ ފައިދާއެއް ނެތުމުން ކޮންމެވެސް މަގަކުން ދިރިއުޅެން މަސައްކަތްކުރަނީއެވެ. 
އަހުރެން ބައިވެރިވި ކައިވެނީގެ ޙަފްލާއެކެވެ. ދަރިފުޅުގެ ހިތުގެ ލޯބިވެރިއަކީ ގޭގައި ގެންގުޅޭ ނޯކަރެވެ. ނަމަވެސް މައިންބަފައިންގެ މަޖުބޫރީތަކުގެ ތަކުގެ ސަބަބުން އެމީހުން ދެއްކި އަންހެނަކާއި ކައިވެނިކުރަން މަޖުބޫރުވީއެވެ. އެޙަފްލާގައި ނޯކަރުވެސް ނޯކަރެއްގެ ގޮތުގައި ބައިވެރިވިއެވެ. އޭނާގެ ބަދަލުގައި ކައިވެނިކުރެވެނީ ތަނަވަސް ޢާއިލާއެއްގެ އަންހެންކުއްޖަކާއިކަން އެނގޭތީ ކެތްތެރިވުން ނޫން ގޮތެއް ނެތީމައެވެ. 
ކައިވެނީގެ ކަންކަން ކުރިއަށްދަމުންގޮސް ކައިވެނި ލައިދެމުން ކައިވެނިކުރެވޭ އަންހެންކުއްޖާގެ ނަން ކިޔަންޖެހުމުން އޭނާއަށް ކިޔުނީ ނޯކަރުގެ ނަމެވެ. އެހިސާބުން އެންމެން ދިއައީ ސިއްސައިގެންނެވެ. ކައިވެނިކޮށްދޭ މީހާ ކުރިމަތީގައި އިނދެގެން ބަލައިގަންނަންވީ އަނބިމިހާގެ ނަން ކިޔުމުން އެހެން ނަމެއް ކިޔޭނީ ކިހާބޮޑަކަށް އޭނާދެކެ ލޯބިވާތީކަން އެތަނުގައި ތިބި އެންމެންނަށްވެސް ވިސްނުނެވެ. ކައިވެނިކުރެވެން އުޅުނު އަންހެން ކުއްޖާއަށާއި އޭނާގެ ޢާއިލާއަށްވެސް އެކަން ވިސްނުނެވެ. އެހިސާބުން އެމީހުން ނިންމީ އެކަވެނިކުރުވައިގެން ކުރާނެ ފައިދާއެއް ނެތްކަމެވެ. އެހެންވެ އެހިސާބުން ކައިވެނިކުރުން ހުއްޓައިލީއެވެ. 
ފިރިހެން ކުއްޖާގެ ޢާއިލާއަށްވެސް ވިސްނި އެކަން ޤަބޫލުކުރީއެވެ. އެއިގެ ހަފްތާއެއްފަހުން ދަރިފުޅާއި ދަރިފުޅުގެ ހިތުގެ ލޯބިވެރިޔާގެ ކައިވެނިކޮށްދިނީއެވެ. އެކައިވެނީގައި މިހާރު އެތައް އަހަރެއް ފާއިތުވެއްޖެއެވެ. ދެމަފިރިން އުޅެމުން އެގެންދަނީ ވަރަށް ލޯބިންނެވެ. އެހެންވެ މައިންބަފައިންވެސް ތިބީ ވަރަށް އުފަލުންނެވެ.
 
- ތަރުޖަމާ: މިއަދުނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ