މިދިޔަ މަސް ނިމުނުއިރު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވުގައި ބޭނުންކުރެވޭ ގޮތަށް 197 މިލިއަން ޑޮލަރު ހުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއީ އޮކްޓޯބަރު މަހު ނިމުނުއިރު ރިޒާވުގައި ހުރި 193 މިލިއަން ޑޮލަރަށްވުރެ ހަތަރު މިލިއަނުގެ އިތުރުވުމެކެވެ. މި އަހަރު ފެށުނީއްސުރެ ބޭނުންކުރެވޭ ރިޒާވު ވަނީ 100 މިލިއަނުން މަތީގައި ހިފެހެއްޓިފަ އެވެ.
ބޭނުންކުރެވޭ ރިޒާވުގެ އިތުރުން ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރި ފައިސާގެ އަދަދު ވެސް މިދިޔަ މަހު ވަނީ އިތުރުވެފަ އެވެ. އޮކްޓޯބަރު ނިމުނުނުއިރު 866 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވު މިދިޔަ މަސް ނިމުނުއިރު ހުރީ 886 މިލިއަނުގަ އެވެ.
މިއީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރަސްމީ ރިޒާވުގައި ހުރި ޑޮލަރުގެ އަދަދު އެންމެ މައްޗަށް ދިޔަ ފަހަރެވެ.
ބޭނުންކުރެވޭ ރިޒާވު މިހާރު ހިސާބު ކުރަނީ އެމްއެމްއޭއިން ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި އަދަދު ހިމަނައިގެންނެވެ. ކުރީ ދެ މަހޭ އެއްގޮތަށް މިދިޔަ މަސް ނިމުނުއިރު ވެސް މި އަދަދު ހުރީ 116 މިލިއަން ޑޮލަރުގަ އެވެ.
މި އަހަރު ފެށުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 116 މިލިއަން ޑޮލަރެވެ. އެ ފަހުން ރިޒާވުގެ ހާލަތު ރަނގަޅުވީ، ޑޮލަރު މާރުކުރުމާއި އެމްއެމްއޭއިން އެޅި އިތުރު ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މަރުކަޒީ ބޭންކުން ބުނެފައި ވެ އެވެ.
ޓްރެންޑުތައް ހުރި ގޮތުން ބެލެވެނީ މި އަހަރު ނިމޭއިރު، ޑޮލަރު ރިޒާވު ބިލިއަން ޑޮލަރަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މިއީ އަންނަ އަހަރަށް ދައްކަން ހުރި ބޮޑު ދަރަނިތަކާއެކީ، ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް ކަމެކެވެ.
މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 197 މިލިއަން ޑޮލަރު މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 197 މިލިއަން ޑޮލަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ