ފުރަތަމަ ބަލައިލަންވީ ނިކަމެތި ޙާލަތަށެވެ. ނިކަމެތި ޙާލަތުގެ މާނައަކީ ހަމައެކަނި ފަޤީރު ޙާލަތެއް ކުރިމަތިވުމެއް ނޫނެވެ. ހިތްދަތިކަމުގައި އުޅެންޖެހުމަކީވެސް ނިކަމެތި ޙާލަތެވެ. އަދި ބައްޔެއްގައި އުޅެންޖެހުމަކީވެސް ހަމަ ނިކަމެތި ޙާލަތެވެ. ޖުމުލަކޮށްލާފައި ބުނާނަމަ އެމީހަކަށް އެޙާލަތަކަށް އަމިއްލަ ބާރުނުފޯރުވޭ ކަމެއް މީހަކަށް ކުރިމަތިވެއްޖެނަމަ އެއީ ލިބޭ ނިކަމެތި ކަމެކެވެ.
ދެން ބުނަން އޮތް ވާހަކައަކީ ވަރަށް ގާތް އެކުވެރިއަކަށް އަދި ޢާއިލާގެ މީހަކަށް ނަމަވެސް ނިކަމެތި ޙާލަތެއް ކުރިމަތިވެއްޖެނަމަ އެމީހާއަކީ ދީނަށް ޢަމަލުނުކުރާ މީހަކު ކަމަށްބުނެ އޭނާއަށް އެހީތެރިނުވާ މީހުން އުޅެއެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ.
އެމީހާއަށް އެހީތެރިވާށެވެ. ތިމާގެ ކިބައިން ތަޤްވާވެރިކަން ދައްކަމުން އެމީހާއަށް އެހީތެރިވީމާ އެކަމުގެ ސަބަބުން އަނެކާގެ ވިސްނުން ބަދަލުވެއެވެ. ތިމާވެސް ތަޤްވާވެރި މީހަކަށް ވުމަށް ހިތްވަރު ލިބޭތީއެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ބައެއް މީހުން އިސްލާމްވާ ސަބަބަކަށްވެސް އެކަން އެބަވެއެވެ.
ދެން ކޮންމެ މީހަކުވެސް ވިސްނާލަންވީ އެމީހެއްގެ އަމިއްލަ ނަފުސަށެވެ. އެއްވެސް މީހަކީ އެންމެ ފުރިހަމައަށް ތަޤްވާވެރިވެވިގެން ހުރި މީހެއްކަމަށް ބުނަން އުނދަގުލެވެ. އެއީ ކޮންމެ މީހެއްގެ ކިބައިގައިވެސް އުނިވާ ކަންތައްތަކެއް ހުންނާނެތީއެވެ. ވީމާ އެކަން ޤަބޫލުކުރަންވާނެއެވެ.
ކޮންމެ މީހަކުވެސް ވާންވީ އެމީހަކަށް ވެވުނުވަރަކުން އެހެން މީހުންނަށް އެހީތެރިވާ މީހަކަށެވެ. އެމީހަކަށް ވެވުނުވަރަކުންނެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން
އެކުވެރިޔާއަށް ނިކަމެތި ޙާލެއްގަ އުޅެންޖެހުމުން އޭނާ ދީނަށް ޢަމަލުނުކުރާ ކަމަށްބުނެ އެހީތެރިނުވެ ދޫކޮށްލަން ހެޔޮނުވާނެ!: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ