ހައުސިން ލޯނު އޮކްޓޫބަރު މަހު ދޫކުރަން ފަށަނީ

ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ފަސް އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާ ގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޫބަރުމަހު ދޫކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގެދޮރު އިމާރާތްކުރަން ފަސް އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާ ގޮތަށް ލޯނު ދޫކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މިނިވަން ދުވަހުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ މި ލޯނުތައް ދޫކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގެ ތެރެއިން ތިން ގިންތިއެއްގައި މި ލޯނު ދޫކުރަން ނިންމާފައިވާ ކަމަށެވެ.
މިނިވަން ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހަައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
އެ ގޮތުން މާލޭގައި ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ނިންމާފައިވާއިރު އާބަން ސެންޓަރުތަކުގައި ތިން މިލިއަން ރުފިޔާއާ ހަމައަށް އަދި އެހެން ރަށްރަށުގައި އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނަށް ޝަރުތު ހަމަވާ މީހުންނަށް މިލޯނު ދޫކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ގެދޮރު އަލަށް އިމާރާތްކުރުމަށާއި މަރާމާތުކުރުމަށާ އަދި ހަދަން ފަށައި ނުނިމި ހުރިބައި ނިންމުމަށް މި ލޯނުތައް ބޭނުންކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ