ރާއްޖޭގައި ހިންދޫ ދީނުގެ އީދެއް ފާހަގަކުރަން އުޅެނިކޮށް ފުލުހުން އެކަން ހުއްޓުވައިފި

ރާއްޖޭގައި ހިންދޫ ދީނުގެ އީދެއް ކަމަށްވާ "ޕޮންގަލް" ފާހަގަ ކުރަން އުޅެނިކޮށް، ފުލުހުން އެކަން ހުއްޓުވައިފިއެވެ. ޕޮންގަލްއަކީ ދަނޑުވެރިކަމުގައި ވަށައިގެންވާ ގުދުރަތީ ތަކެއްޗަށް ޝުކުރު އަދާކުރުމުގެ ގޮތުން ހިންދޫން ފާހަގަ ކުރާ އީދެކެވެ. މި ފެސްޓިވަލް ރާއްޖޭގައި ފާހަގަކުރުމަށް ރާވާފައި އޮތީ އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ. މިކަމާ ގުޅިގެން ފުލުހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، މި ފެސްޓިވަލް ނުބޭއްވޭނެ ކަމަށް އެ ފެސްޓިވަލް އިންތިޒާމު ކުރުމުގައި އުޅުނު ފަރާތްތަކަށް ކަމާބެހޭ އިދާރާތަކުން އަންގާފައި ވާކަމަށެވެ. "އަދި އެ ފެސްޓިވަލް މިހާރު ކެންސަލް ކޮށްފައި ވާކަމަށް އިންތިޒާމު ކުރި ފަރާތުން މައުލޫމާތު ދޭ،" އެ ޕޯސްޓުގައި ވެއެވެ. ފުލުހުން ބުނީ، މިފަދަ ހަރަކާތްތައް ހުއްޓުވާ ނަމަ ފުލުހުން އެކަންކަން ހުއްޓުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ