ގުރައިދޫ އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ތ. ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އިން ފަށައިފި އެވެ.އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.106.02 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 13.80 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓް އަދި 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖަހާނެއެވެ.އެމްޓީސީސީން ބުނީ ގުރައިދޫ އަކީ އެ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރިކުރަން ޒިޔާރަތްކުރާ ރަށެއް ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތް ވެސް ތަރައްގީ ވަމުން އަންނަ ރަށެއް ކަމަށެވެ.އެއާޕޯޓަކީ އެ ރަށުގެ ރައްޔިތުންގެ ދުވަސްވީ ހުވަފެނެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ. އެހެންކަމުން އެއާޕޯޓު ތަރައްގީ ކުރެވުގެން ދިއުމަކީ ތ. އަތޮޅަށާއި ގުރައިދޫއަށް އިގުތިސޯދީ ގޮތުން ބޮޑު ގިނަ ފައިދާތަކެއް ކުރާނެ މަޝްރޫއަކަށް ވެގެންދާނެ ކަމަށް ދެކޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރީ ސަރުކާރަށް އަހަރެއް ފުރުމާ ދިމާކޮށް ނޮވެމްބަރު 16، 2024 ގަ އެވެ.ގުރައިދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ