ޕީއެންސީގެ އުކުޅަހު ސްޓެއަރިންގ ކޮމެޓީން ބޭނުންވިގޮތަށް އުކުޅަހު ސްކޫލުގައި ހުންނެވި ޕްރިންސިޕަލް ބޭރުކޮށްލުމުގެ ގެއްލުން ލިބެނީ އުކުޅަހު ސްކޫލަށާއި އެސްކޫލްގެ ދަރިވަރުންނާއ ބެލެނިވެރިންނަށް އެކަންޏެއް ނޫނެވެ. އުކުޅަހާ އެއްވެސް ގުޅުމެއްނެތް އެހެން ރަށެއްގެ ސްކޫލަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް އެކަމާގުޅިގެން ދެވޭކަން މުއިއްޒު ސަރުކާރަކަށް ނޭނގެއެވެ.
އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވޯޓު ނުދޭނެ ކަމަށް ބުނެ އއ. އުކުޅަހުގެ ޕީއެންސީ ސްޓިއަރިން ކޮމިޓީގެ މެންބަރުން ކުރަމުންދިޔަ ޑިމާންޑުތަކަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކިތަންމެ ރަނގަޅަކަށްވެސް އިޖާބަދީފިއެވެ. އުކުޅަހުގެ ޕީއެންސީ ސްޓިއަރިން ކޮމިޓީގެ ނުފޫޒުން އުކުޅަހު ސްކޫލުގެ ޕްރިންސިޕަލް ޝަހުލާ އިމާދު އެހެން ސްކޫލަކަށް ބަދަލުކޮށްފިއެވެ. އުކުޅަހު ސްކޫލުން ޕްރިންސިޕަލް ޝަހުލާ އިމާދު ކުރުމުން އެންމެ ބޮޑު ގެއްލުމެއް ލިބޭ ކަމަށްވަނީ ބ. ކެންދޫ ސްކޫލްގެ ދަރިވަރުންނަށެވެ.
ބ. ކެންދޫ ސްކޫލަކީ ކުޅަދާނަ ޕްރިންސިޕަލެއްގެ ހިންމަތާ މިންނަތުން ރަނގަޅަށް އިންތިޒާމުވެގެން ހިނގަމުން އައި ސްކޫލެކެވެ. ދަރިވަރުންގެ ތައުލީމީ ކަންކަމުގައި ނަމޫނާ ސްއކޫލެކެވެ. ކެންދޫ ސްކޫލް ރަނގަޅަށް ހިނގަމުން އައީ ހީވާގި ކުޅަދާނާ ޕްރިންސިޕަލެއްގެ މިންނަތް މަސައްކަތުންނެވެ. ކެންދޫ ސްކޫލްގެ ޕްރިންސިޕަލަކީ ދަރިވަރުނާއި ބެލެނިވެރިންނާއި ރައްޔިތުންގެ އެއްބާރުލުމާ ލޯބި ހޯއްދަވައިގެން މޮޅަށް ސްކޫލް ހިންގަވަމުން ގެންދަވާ ޕްރިންސިޕަލެކެވެ.
އަހާލުމެއް ކަހާލުމެއްނެތި ކެންދޫގައި ހުންނެވި ޕްރިންސިޕަލް މިހާރު އެ ބަދަލުކޮށްލަނީ އުކުޅަކު ސްކޫލަށެވެ. މުއިއްޒުގެ ސިޔާސީ ބޭނުމަށް ގުރުބާން ކުރެވޭ ބަޔަކަށް ވެގެން މިދަނީ ކެންދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ކެންދޫ ރައްޔިތުންނެވެ. އެ ރަށު ސްޖޫލްގައި މަސައްކަތްކުރާ ނަން ހާމަ ކުރަން ބޭނުންނުވާ 4 ޓީޗަރަކު އެކަަމުގެ ކަންބޮޑުވުން ވަނީ ހިއްސާކޮށްފައެވެ.
ކެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް އަބްދުއްރަހުމާން ވިދާޅުވާގޮތުގައި ބައެއްގެ ސިޔާސީ ބޭނުމަށް ކަމާ އެއްވެސް ގުޅުމެއްނެތް ދަރިވަރުން ތަކެއްގެ ތައުލީމީ ހަޔާތަށް ސަރުކާރުން ދޭން އުޅޭ ހަމަލާއަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ކެންދޫގެ ބެލެނިވެރިންނާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޕްރިންސިޕަލް އުކުޅަހު ސްކޫލަށް ބަދަލުކުރާނެކަން އިތުބާރު ހުރި މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ކެންދޫސްކޫލްގެ ޕްރިންސިޕަލް އުޚުލަހު ސްކޫލަށް ބަދަލުކުރަން އުޅޭއުޅުން ކުއްވެރިކޮށް އެކަމާދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ކެންދޫ ބެލެނިވެރިންނާ ރައްޔިތުން ތިބީ ތައްޔާރަށެވެ.
ސިޔާސީ ނުފޫޒުން އުކުޅަހު ޕްރިންސިޕަލް ބޭރުކުރުމުގެ އަނިޔާ ކެންދުއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ