ސަރުކާރު ކުންފުނިތަކުގެ މަޝްެރޫއުތަކުގެ މައުލޫމާތު ރައީސް އާ ހިއްސާކޮށްފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ރައީސް މުހައްމަދު މުއިއްޒު އާ ހިއްސާކޮށްފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ، އެސްއޯއީތަކުން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މުހިއްމު ޕްރޮޖެކްޓުތަކުގެ މައުލޫމާތު ރައީސް އާ ހިއްސާ ކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ކަމަށެވެ.
ތަފްސީލް - ކެބިނެޓުގެ ސެޝަނެއްގައި ކުންފުނިތަކުގެ އެމްޑީ އިން ވަނީ ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވައިފަ އެވެ. 
އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތަކާއި ރާއްޖޭގެ ތަރައްގީ އަށް އެ މަސައްކަތްތައް އަވަހަށް ނިންމުމުގެ މުހިއްމު ކަން ވެސް އެ ބޭފުޅުން ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފާހަގަ ކުރެވޭ- ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތައް ކުރިއަށް ގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.
އޭގެ ތެރޭގައި ބަނދަރު ހެދުމާއި މަގުހެދުން އަދި ފެނާއި ނަރުދަމާ، ހައުސިން ޔުނިޓު އެޅުމުގެ އިތުރުން ސްކޫލު އަދި ހޮސްޕިޓަލް އިމާރާތް ކުރުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ