ޕީއެސްއެމްގެ މަރާމާތުގެ މަސައްކަތްތައް ކުރުމަށް އާރުޑީސީ!

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ދައުލަތުގެ މީޑިއާގައި ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު، ޢަބްދުﷲ ޔާމިން އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަބީހް އަފީފެވެ.
އާރުޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމް ގޯތިތެރޭގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް އާރުޑީސީގެ ފަރާތުން ކުރަމުންގެންދާނޭކަމަށެވެ. ވާރޭ ވެހިއްޖެނަމަ ޕީއެސްއެމްގެ އިމާރާތުގެ ގޯތިތެރޭގައި ފެންބޮޑުވުމަކީ އާއްމުކަމެކެވެ. އެގޮތުން ގިނައިން ވާރޭ ވެހިއްޖެނަމަ އިމާރާތުގެ ތެރެއަށް ފެންގަނޑުވަދެ ޕީއެސްއެމްގެ ތަކެއްޗަށް ގެއްލުން ލިބެއެވެ. އާރުޑީސީން ބުނީ އޭގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އަތޮޅުތެރެ އާއި މާލޭގައި ހުރި ޕީއެސްއެމްގެ އިމާރާތްތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރަމުންގެންދާނޭ ކަމަށެވެ.
Advertisement
އާރުޑީސީން އަންނަނީ މާލެއާއި އަތޮޅުތެރޭގެ އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި އެނޫންވެސް އުމްރާނީ މަސައްކަތްތައް އެކުންފުނިން އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ