ސަނީގެ ފިލްމު 'ޖާޓް'ގެ ދެވަނަ ބައެއް އުފައްދާނެކަން އިއުލާނުކޮށްފި

މި މަހުގެ 10 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި އެކްޓަރު ސަނީ ޑިއޯލްގެ ވަރުގަދަ އެކްޝަން ފިލްމު "ޖާޓް"ގެ ދެވަނަ ބައެއް އުފައްދާނެކަން އިއުލާނުކޮށްފިއެވެ. ފިލްމު "ގަދަރު 2"އަށްފަހު ބެލުންތެރިންނަށް ސަނީ ފެނިގެންދިޔަ އެކްޝަން ފިލްމު "ޖާޓް"އަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރު އަދާކުރަމުން ސަނީކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި ފިލްމުގެ ދެވަނަ ބައި އަދި މާ ވަރުގަދަ ވާނެ ކަމަށެވެ. ފިލްމު "ޖާޓް"ގެ ދެވަނަ ބައެއް އެކްޓަރު އިއުލާނު ކުރިއިރު ފާހަގަކޮށްލެވޭ ކަމަކީ އަދިވެސް އެ ފިލްމު ތިއޭޓަރުތަކުން ނުނަގާކަމެވެ. ސަނީ އާއި އެކްޓަރު ރަންދީޕް ހުޑާގެ ވަރުގަދަ ކުރިމަތިލުންތަކެއް ދައްކުވައިދިން ފިލްމު "ޖާޓް"އަށްފަހު ސަނީ ދެން މަސައްކަތް ފަށާނީ ކުރިއަށް އޮތް ފިލްމު "ބޯޑާ 2"ގެ މަސައްކަތް ކަމުގައި އެކްޓަރު ވަނީ ބުނެފައެވެ. ސަނީގެ ކެރިއަރުގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ބޯޑާ"ގެ މަންޒަރެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް ބެލުންތެރިންގެ ފަރާތުން ސަނީގެ ފިލްމުތަކަށް ލިބޭ ތަރުހީބަކީ ދެން ފަށާ ފިލްމެއްގެ މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި އެގޮތުގައި ދެމިތިބުމަށް ސަނީ ވަނީ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ. ގޯޕީޗާންދު ޑައިރެކްޓްކޮށްފައިވާ "ޖާޓް"ގެ ކާސްޓުންގެތެރޭގައި ބަތަލާ ސައްޔާމީ ހޭރު, ވިނީތު ކުމާރު ސިންގް އަދި ތެލުގޫ ބަތަލާ ރެޖީނާ ކެސެންދުރަ ހިމެނެއެވެ. ސަނީގެ ކުރިއަށް އޮތް ފިލްމު "ބޯޑާ 2" އަކީ އަނޫރާގު ސިންގް ޑައިރެކްޓްކުރާ ފިލްމެކެވެ. އަންނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ "ބޯޑާ 2"ގެ މުހިއްމު ތަރިންގެތެރޭ ވަރުން ދަވަން، އަހާން ޝެޓީ އަދި ދިލްޖީތު ދޮސާންޖް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ