މަރުދުވަހަށް ސުޕްރީމްކޯޓު ބެންޗުގައި ތިބެންވީ އިލްމުވެރި ނަޒާހަތްތެރި ފަނޑިޔާރުންނެވެ. އެމްޑީޕީން އައްޔަނު ކުރިޔަސް ޕީއެންސީން އައްޔަނު ކުރިޔަސް އިލްމީ ނަޒާހަތްތެރި ފަނޑިޔާރުން ސިޔާސީ ބޭނުމުގައި ބަދަލު ކުރެވިގެން ނުވާނެއެވެ.
އެނގުނަސް ގަބޫލުކުރަން ޝިއުނާމެން ކަހަލަ ބާނދީންނެއް ބޭނުމެއް ނުވާނެއެވެ. މުއިއްޒު ވެރިކަމުގައި ކުރާހާކަމެއް ދިފާއުކޮށް އެންމެ އަަދުލުވެރީ ތިމަންނާ ކަމަށް ހެދިގެން އުޅޭ ޖާހިލުންހާ އެންމެނަކު ގަމާރެއް ނޫނެވެ.
ރައީސް ސޯލިހު ވެރިކަމަށް އައިރު ރާއްޖޭގެ ސްޕްރީމް ކޯޓްގެ ނަޒާހަތްތެރިކަން އެތާ އޭރު ތިއްބެވި ފަނޑިޔާރުން އަމިއްލަ ފުޅަށް އޮތީ ނަގާލާފައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ޖަލުގައި ހައްޔަރުކޮށްފައި ތިބި ބަޔަކު ދޫކޮށްލުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ސްޕްރީމް ކޯޓުން ނެރުނެވެ. ސްޕްރީމް ކޯޓުން ނެރުނު އެއަމުރު ނެރުނީ ސްޕްރީމް ކޯޓްގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއަމުރު ނެރުމަށް ދެކޮޅު ހެދި އެއްވެސް ފަނޑިޔާރަކު އެތާކު އޭރަކު ނެތެވެ.
ފުލުހުންގެ މައްޗަށް ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސްޕްރީމް ކޯޓުގެ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުއްލާ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަނިޔާވެރި ގޮތަކަށް ހިފާ ހައްޔަރުކޮށް ޖަލަށްލިއެވެ. އަބްދުއްލާ ސައީދާއި އަލީ ހަމީދު ހައްޔަރު ކުރުމުން ދެން ކަންވީ ގޮތް ހަދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ.
ހުރިހާ ފަނޑިޔާރުން އަމިއްލަ އިހުތިޔާރުގައި އިއްތިފާގުން ނެރުނު ކޯޓް އަމުރު ހައްޔަރު ނުވެ ބާކީ ތިބި ފަނޑިޔާރުން ބަދަލުކޮށްލީ ސަރުކާރުން ބޭނުންވި ގޮތަށެވެ. ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ދިފާއު ކުރުމުގެ ބަދަލުގައި ހައްޔަރު ނުވެތިބި ފަނޑިޔާރުން އެމީހުންގެ ނިންމުން ބަދަލު ކުރުމަކީ އެފަނޑިޔާރުންގެ ނަޒާހަތްތެރިކަން ނެތްކަން ކަށަވަރުވެގެން ދިޔަކަންތަކެވެ.
ބަންދުގައި ތިބި ސިޔާސީ ބަޔަކު ދޫކޮށްލަން އަމުރު ނެރުމުގައި ނުވަތަ ސަރުކާރުން ބޭނުންވީ ގޮތަށް އަމުރު ބަދަލުކުރުމުގައި އެ ފަނޑިޔާރުން ނުފޫޒުގައި ނުވަތަ ރިޝްވަތުގައި ޖެހިފައިވާކަން ޝައްކެއް ނެތް މިންވަރަށް ޔަގީނެވެ. އެވަރު ބަޔަކު ސްޕްރީމް ކޯޓްގެ ބެންޗުގައި ބައިތިއްބައިގެން އަދުލުވެރި ވެދާނެ ކަމާމެދު އެއްވެސް އިތުބާރެއް އޭރަކު ރައްޔިތުންނަކަށް ނެތެވެ. އޭރު އޮތް ރައްޔިތުންގެ މަޖިލީހުން ސްޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރީ އެހެން ވެގެންނެވެ.
އޭރު ސްޕްރީމް ކޯޓުގެ ބެންޗް އެއްކޮށް ސާފުކުރީމާ އެކަން ބޮޑުވެގެން އެއްވެސް ބަޔަކު ވާހަކަ ނުދެއްކީވެސް އެހެން ވެގެންނެވެ. ރައްޔިތުންގެ އިތުބާރު އޮތީ އެމްޑީޕީން އައްޔަނު ކުރުމަކުން ނޫނެވެ. އެމްޑީޕީ އައްޔަނުކުރީ އިލްމުވެރި ނަޒާހަތްތެރި ބެންޗަކަށް ވީތީއެވެ. އެމްޑީޕީއާ އެންމެ ވާދަވެރި ޑރ. ޖަމީލު ފަދަ ގާނޫނީ މާހިރުންވެސް މުއިއްޒު ވަކިކުރަން އުޅޭ ފަނޑިޔާރުންގެ ނަޒާހަތާއި ގާބިލުކަމާމެދަކު ޝައްކެއް ނުއުފައްދައެވެ.
އާނއެކެވެ. ސުޕްރީމް ކޯޓަށް ބޭނުންވަނީ އެމްޑީޕީގެ އިތުބާރެއްނޫނެވެ. މުއިއްޒާއި ޕީއެންސީގެ އިތުބާރެއްވެސް ނޫނެވެ. ރައްޔިތުންގެ އިތުބާރެވެ. ރައްޔިތުންގެ އިތުބާރު އޮންނާނީ ޝިއުނާއަށް އުއްތަމަފަނޑިޔާރުކަން ދީގެންކަމަށް ހީވަންޏާ އެކަންވެސް ކޮށްލާށެވެ.
އުއްތަމަ ފަނޑިޔާރުކަން ޝީއުނާއަށްވެސް ދީފާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ