މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން މިފަހަރު ހައްޖަށް މީހުން ގެންދާ މުއްދަތު 15 ދުވަހަށް ކުޑަކުރުމުން އާންމުން ޝަކުވާ ކުރަން ފަށައިފި އެވެ.
އެކި މަސްދަރުތަކުން އަދަދު އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ހައްޖު ކޯޕަރޭޝަނުން މިފަހަރު ހައްޖަށް މީހުން ގެންދަނީ 30 ދުވަހުގެ ބަދަލުގައި 15 ދުވަހަށެވެ.
މިފަހަރު ހައްޖަށް ދާ މީހަކު އަދަދު އަށް ބުނީ އެތައް އަހަރެއް ވަންދެން ފައިސާ އެއްކޮށްގެން ހައްޖަށް ދިއުމަށް ފައިސާ ދެއްކީ 30 ދުވަހަށް ކަމަށެވެ. އެކަމަކު އެންމެ ފަހުން 15 ދުވަހަށް ދާން ޖެހުމުން އެކަމާ މާޔޫސްވެފައި ހުރި ކަމަށް އޭނާ ބުންޏެވެ.
"ހައްޖަށް ދާން 69،985ރ. ދެއްކިން. ފައިސާ ދެއްކީ 30 ދުވަހަށް. އެކަމަކު މިހާރު މި އެނގުނީ މި ގެންދަނީ އެންމެ 15 ދުވަހަށްކަން. ވަރަށް މާޔޫސްވެފައި މިހުރީ،" އޭނާ ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން މިފަހަރު ހައްޖަށް ގެންދާ މީހުން 15 ދުވަހަށް ގެންދަން ނިންމީ ކީއްވެގެން ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.
ސަރުކާރުން ނިންމާފައިވާ ގޮތުގެ މަތިން ހައްޖު ކޯޕަރޭޝަނުން މިފަހަރު ފަގީރުންގެ ލިސްޓުގައި ހިމެނޭ 100 މީހަކު ހައްޖަށް ގެންދާނެ އެވެ.
މިކަމާ ގުޅިގެން ހައްޖު ކޯޕަރޭޝަނުގެ ބަހެއް ހޯދުމަށް އެ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލްއަށް ގުޅައި މެސެޖު ކުރުމުން ވެސް މިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ.
ހައްޖަށް ދިއުމަށް މިފަހަރު ވެސް ރާއްޖެއަށް 1،000 ކޯޓާ ލިބިފައިވާއިރު، ހައްޖުގެ އަޅުކަމަށް މީހުން ފުރުމަށް ހަމަޖެހިފައި ވަނީ މެއި 26، 27، 29 އަދި 30 ގަ އެވެ.
ހައްޖު ދަތުރު 15 ދުވަހަށް ކުޑަކުރުމުން އާންމުންގެ ޝަކުވާ ހައްޖު ދަތުރު 15 ދުވަހަށް ކުޑަކުރުމުން އާންމުންގެ ޝަކުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ