"ފުލުހުންގެ ތަހުގީގަކީ ލިބޭ ޕްރޮގްރެސިވް ހެކިތަކަށް ބަލާފަ ކުރަމުން އަންނަ ތަހުގީގެއް. އަޅުގަނޑުމެން ހިތު ލަފަޔަށް، ހީކުރާ ގޮތަކަށް، އުންމީދު ކުރާ ގޮތަކަށް ކުރާ ކަމެއް ނޫން،" އިހުސާން ވިދާޅުވި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުގައި ފުލުހުން މިހާތަނަށް ގޯހެއް ހަދާފައިވާކަން ފާހަގަނުވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހ. މިޓާޒްގޭ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ ހާދިސާއާ ގުޅިގެން ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު މިހާރު ފަރުވާ ދެމުން ދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގަ އެވެ.މި މައްސަލައިގައި ފުލުހުން ވަކި ގޮތަކަށް އަމަލުކުރަމުންދާ ކަމުގެ ތުހުމަތުތައް ދަނީ ކުރަމުންނެވެ. މިރޭ އޮތް "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ހާދިސާ ހިނގުމާއެކު ސޯޝަލް މީޑިއާގައި ވަރަށް ގޯސްކޮށް ވާހަކަތައް ދެކެވުން ކަމަށެވެ.ބަޔަކު ޔުމްނު ގެއަކަށް ގަދަކަމުން ވައްދައި، ރޭޕް ކުރުމަށްފަހު ފުރާޅު މައްޗަށް އެއްލާލީ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް މައްސަލަ ތަހުގީގު ކުރަން ފަށައި، އެއްކުރެއްވުނު މައުލޫމާތު އެއީ ބޮޑު ދޮގެއްކަން ހާމަވެގެން ދިޔަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ވިދާޅުވީ، ތަހުގީގެއްގައި މައުލޫމާތު އާންމު ނުކުރާހާ އަވަހަށް މި މައްސަލައިގައި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ."މީގައި ފުލުހުން އަދިވެސް މަސައްކަތް ކުރަމުންދަނީ ފުލުހުންގެ ކަނޑައެޅިފަވާ މިންގަނޑުތަކާ އެއްގޮތަށް ތަހުގީގުކުރަން. ފުލުހުން ކުރާ މަސައްކަތުގައި މައްސަލައެއް އުޅޭތޯ ތަހުގީގު ކުރާ އަދި އެބައުޅޭ ދެތިން އިދާރާ، އެތަންތަނުން ވެސް ދަނީ ބަލަމުން. އަދިއަދަށްދާންދެން އަޅުގަނޑާ ހިސާބަކަށް ފުލުހުން މި މައްސަލައިގައި އަމަލުކުރި ގޮތުގެ އެއްވެސް ގޯހެއް އަދިއެއް އަޅުގަނޑުމެންނާ ހިސާބަކަށް ފާހަގަވެފައެއް ނެތް،" އިހުސާން ވިދާޅުވި އެވެ.
އޭގެ އިތުރުން ޔުމްނު ވެއްޓުނުއިރު އޭނާއާއެކު ފަހުވަގުތާ ޖެހެންދެން އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރު ކުރުން ލަސްކުރީ ކީއްވެގެންތޯ މީހަކު ކުރި ސުވާލަކަށް ވެސް މިނިސްޓަރު ވަނީ މިރޭ ޖަވާބު ދެއްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ ފުލުހުން އެންމެ ފުރަތަމަ ރެސްޕޮންޑް ކުރީ ޔުމްނުއަށް ދޭންޖެހޭ ފަރުވާ ދިނުމަށް ކަމަށެވެ.އޭގެ ފަހުގައި ރައުދު ގެންގޮސް ޓެސްޓްތައް ހެދިއިރު މަސްތިވާތަކެއްޗަށް ޕޮޒިޓިވްވުމުން އޭނާގެ މައްޗަށް ފުރަތަމަ ހިންގަން ފެށީ މަސްތުވާތަކެއްޗާ ގުޅޭ ތަހުގީގެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ އޭގެ ފަހުން ލިބުނު ހެކި ގަރީނާއަށް ބެލުމަށްފަހު އިތުރު ކަމަކަށް ތުހުމަތު ކުރެވުމުން ކަމަށް މިނިސްޓަރު ސާފުކޮށްދެއްވި އެވެ."ފުލުހުންގެ ތަހުގީގަކީ ލިބޭ ޕްރޮގްރެސިވް ހެކިތަކަށް ބަލާފަ ކުރަމުން އަންނަ ތަހުގީގެއް. އަޅުގަނޑުމެން ހިތު ލަފަޔަށް، ހީކުރާ ގޮތަކަށް، އުންމީދު ކުރާ ގޮތަކަށް ކުރާ ކަމެއް ނޫން،" އިހުސާން ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވީ ޕްރޮފެޝަނަލް ތަހުގީގުތަކެއް ފުލުހުން ކުރަމުންދާއިރު، މައްސަލައިގައި ހެއްކާ ގަރީނާ ލިބެމުންދާ ވަރަކަށް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.މި މައްސަލައާ ގުޅިގެން ރައުދު ހައްޔަރުކޮށްފައި ވަނީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އޭނާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ޔުމްނު ވެއްޓުމުން ރިޕޯޓް ނުކުރުން ހިމެނެ އެވެ.މި މައްސަލަ ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވާފަ އެވެ. އެކޮމިޝަނުން މިހާރު ވަނީ ރައުދުއާ ބައްދަލުކޮށް ސުވާލު ކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
"ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގޯހެއް ހެދިކަން ފާހަގައެއް ނުވޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ