ރައީސް ކޮމިޝަނެއް ހެއްދެވީ އިހުސާނާއި އަމީން ވަކި ނުކުރަންވެގެން: ޔާމީން

އެކާވީސް އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް ހެއްދެވީ ޓްރާސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިނުރައްވަންވެގެން ކަމަށާއި މައްސަލައިގައި 'އުނބު ޓާނެއް' ނަގާފާނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. މިދިޔަ މަހުގެ 18ވަނަ ދުވަހު ހިނގި މި ހާދިސާއަށް މިހާރު މަސް ދުވަހެއް ވާން މި ވަނީ ގާތްވެފައެވެ. ފުލުހުން ބުނީ، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގެ ތެރެއިން، ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މުޅި ރާއްޖެއަށް ފެންނާނެހެން ޔުމްނުގެ އާއިލާއިން ވަނީ ފުރަތަމަ ފަހަރަށް އިންޓަވިއުއެއް ދީފައެވެ. އެ އިންޓަވިއުއަށް ފަހު، ޔާމީން ވަނީ ޔުމްނުގެ މައްސަލަގައި ވަރަށް ތަފުސީލުކޮށް ވާހަކަދައްކާވާފައެވެ. އެގޮތުން، މި މައްސަލައިގައި ޒުވާނުން ސިލްސިލާކޮށް މިހާރު މުޒާހާރާކުރަނީ ސިޔާސީ ވިސްނުމެއްގައި ނޫން ކަމަށާއި އެއީ މިކަމުގައި ފުލުހުންގެ ތަހުގީގުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން -- ސަން ފޮޓޯ ޔުމްނު މައްސަލަ ތަހުގީގުކުރަން ރައީސް މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދާފައެވެ. އެ ކޮމިޝަނުގެ ރައީސް، ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރުގެ މައްޗަށް ނުފޫޒު ފޯރުވިދާނެ ކަމަށް ޔާމީން ގަބޫލުފުޅެއް ނުކުރައްވައެވެ. މި މައްސަލަ ވަރަށް ރަނގަޅަށް މުނައްވަރު ތަހުގީގުކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ، ތަހުގީގަށް ފަހު ކޮމިޝަންގެ ރިޕޯޓު އައުމުން މައްސަލައިގައި ހިމެނޭ މީހުންނަށް ފިޔަވަޅު އަޅުއްވަން ފަސްނުޖެހޭނެ ކަމަށް ރައީސް ވިދާޅުވީ މައްސަލަ ނިމޭނެ ގޮތް އެނގިވަޑައިނުގެން ކަމަށެވެ. މީ އުނބު ޓާން ނަގާފާނެ ކަމެއް. އެހެންވެ ދުރާލާ މީގައި އިންވޯލްވާ ފަރާތްތައް ނޭނގި ހުންނަވާ ވިދާޅުވާ ކަންތައްތައް ރިޔާސީ ކޮމިޝަންގައި ބަލަންޖެހޭ ކަންތައްތައް އެބަހުއްޓޭ. އަޅުގަނޑު އެހެން މި ދަންނަވާ ސަބަބަކީ މީގައި ކެޓެރެގަރިކަލީ ފެންނަން މި އޮތް ކަމަކީ އަމީން ތަހުގީގަށް ހުރަސްއެޅިކަން. ހަމަ އެގޮތަށް އިހުސާން ވެސް ހުރަސްއަޅައިފި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މިއީ ރިޔާސީ ކޮމިޝަނުން ބަލަން ޖެހޭ ކަމެއް ނޫނެވެ. މި މައްސަލައިގައި ރައީސް ކޮމިޝަނެއް ރައްޔިތުންގެ 'މޫނު މައްޗަށް' ދެއްކީ ޒުވާނުން އަޑު އުފުލުން ހުއްޓައިލާނެ ކަމަށް ހީފުޅުކުރައްވައިގެން ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ، ރައީސް ކޮމިޝަނެއް އުފެއްދީ މުޒާހަރާ ހުއްޓުވަން ކަމަށް --- ފޮޓޯ/ ޗެނަލް13 އަދުލު އިންސާފު ގާއިމުކޮށްދޭން ހުރި މީހަކީ ރައީސުލްޖުމްހޫރިއްޔާ. އެކަން ކުރަން ރައްޔިތުންންގެ މޫނުމައްޗަށް ރިޔާސީ ކޮމިޝަނެއް މިއޮތީ ރައްޔިތުންގެ މޫނު މައްޗަށް ދައްކާފައި ޒުވާނުން އަޑުއުފުލުން މައިތިރިވާނެ ކަމަށް ހީފުޅުކުރައްވައި. އެހެންވީމާ މުއިއްޒު ކުރައްވަން ޖެހޭ ކަމެއް ނުކުރައްވައި އަނެއް ބަޔެއްގެ މައްޗަށް ޒިންމާ ފުރޮޅާލެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މީގެ އިތުރުން، މިކަމުގައި ވަރަށް ބޮޑު ގޯހެއް ހިނގާފައި އެބައޮތް ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. އަދި، މިހާތަނަށް ފުލުހުން ހަގީގަތްތައް އޮޅުވާލި ނަމަވެސް މިކަން އިތުރަށް އޮޅުވާލާނެ ކަމަށް ހީފުޅުނުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ. މިނިސްޓަރު އަމީނާއި އިހުސާން މި ކަމަށް ހުރަސްއަޅަން މަސައްކަތްކުރީ ކީއްވެތޯ ސުވާލުކުރެވެން ޖެހޭ ކަމަށާއި އެ ބޭފުޅުން މަގާމުތަކުގައި ތިބެގެން ތަހުގީގު ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރޭ އެންމެ މުހިންމު ކަމަކަށް ޔުމްނުގެ ދައްތަ ހާމަކުރީ ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން އަމިއްލައަށް ފުންމާލީ ނޫންކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ. އެ ތަނުގައި ރައުދުގެ އިތުރުން ހަތަރު މީހަކު އެ ވަގުތު ތިބި ކަމަށް ޔުމްނު ބުނިކަމަށް އޭނާގެ ދައްތަ ކިޔައިދިނެވެ. ނަމަވެސް، އެ ހަތަރު މީހުންނަކީ ކޮބައިކަން ހާމައެއް ނުކުރެއެެވެ. https://sun.mv/205781 ފެންޓެނޯއީ ގޭގެ ހަތްވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ދޮރުގައި ޔުމްނުއާ އެކު އުޅުނު ރައުދު، ޓަކިޖަހައި، ދޮރު ހުޅުވާތޯ އިންތިޒާރަށް ހުންނަތަން ސީސީޓީވީ ފުޓޭޖުން ފެނިފައިވެއެވެ. ނަމަވެސް، ފުލުހުން އެންމެ ފުރަތަމަ މައުލޫމާތު ދިން ގޮތުގައި އެ ގެއަކީ، ރައުދުއާއި ޔުމްނުއާ ވެސް އެއްވެސް ގުޅުމެއް ނެތް ގެއެކެވެ. މީގެ ކުރިން "ސަން"އާ ވާހަކަދެއްކި އެ ގޭގެ ވެރިން ވެސް ބުނީ އެ މީހުންނާއި، އެ ދެ ޒުވާނުންނާ ގުޅުމެއް ނެތް ކަމަށެވެ. ނަމަވެސް، ރޭ ޔުމްނުގެ ދައްތަ ބުނީ އެ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނި ކަމަށެވެ. އަދި ވެއްޓުނު ރޭ، ޔުމްނު އެ ގެއަށް ދިއުމަށް ދައުވަތު ދިނީ މި މައްސަލައިގައި ތުހުމަތުކުރާ ނުވަ މީހުންގެ ތެރޭ ހިމެނޭ، ހ. މީނާޒް ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު ކަމަށް ޔުމްނުގެ ދައްތަ ރޭ ބުންޏެވެ. މި ހާދިސާގެ ތެރެއިން ކުރިމަތިވި ޕްރެޝަރާ އެކު އޭރު ހުންނެވި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާ ވެސް ވަނީ ދެއްވައިފައެވެ. ޝައްކުކުރެވޭ މަރުތައް ތަހުގީގު ކުރާ، ފުލުހުންގެ ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގައި އިސްކޮށް ހުންނަވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވެސް ވަނީ އެ މަގާމުން ވަކިކޮށް، އެހެން ތަނަކަށް ބަދަލުކޮށްފައެވެ. ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި ޒުވާނުން އަންނަނީ ސިލްސިލާ ގޮތެއްގައި އިހުތިޖާޖުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ