އަޅުގަނޑާއި ފިރިމީހާ އާއި ދެމީހުން ވިޔަފާރިއެއް ކުރަން ފެށީ އެއްވަރަށް ޙިއްބާ ލައިގެންނެވެ. އެހެންކަމަށްވެއްޖެނަމަ ވިޔަފާރީގެ މައްޗަށް ގަދަވެ ގަތުމުގެ ޙައްޤު ފިރިމީހާއަށް އޮންނާނެތޯ؟ ފައިދާއިން ބޮޑު ބައެއް ނަގަން ފިރިމީހާއަށް ހުއްދަވާނެތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. ލިޔުމުން އެނގިގެންދާނީ އެ ވިޔަފާރީގައި ދެމަފިރިން ހަމަހަމަވާނެ ކަމާއި ފައިދާ ބެހުމުގައިވެސް ހަމަހަމަވާނެ ކަމެވެ.
ވިޔަފާރީގެ ރައުސުލްމާލު (ކެޕިޓަލް) ގައި ދެފަރާތުން އެއްވަރަކަށް ފައިސާ ބަހައްޓައިފިނަމަ، ދެފަރާތުގެ ޙިއްސާވެސް އެއްވަރުވާނެއެވެ. އަދި މިގޮތަށް މިކަން ކުރުމަށް އަނބިމީހާ އަށް ޝަރުޠުވެސް ކުރެވިދާނެއެވެ. އަދި އެއީ ފިރިމީހާ އަށް ނުކިޔަމަންތެރި ވުމަކަށް ވެސް ނުވާނެއެވެ.
އެހެންނަމަވެސް، ރައުސުލްމާލުގައި ފިރިމީހާގެ މުދާ ގިނަކަމަށް ވަނީ ނަމަ މިފަދަ ޝަރްޠެއް ކުރުމުގެ އިޚްތިޔާރު އަނބިމީހާ އަކަށް ނެތެވެ. واللهتعالىأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢބްދުއްލަޠީފް
މީގެ އިތުރުން ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެވިޔަފާރިން ދިރިއުޅުމުގެ ކަންކަމަށް ޚަރަދުކުރިނަމަވެސް އަނބިމީހާގެ ފައިސާއިން ޚަރަދުކުރެވޭނީ އަނބިމީހާގެ ރުހުމާއިއެކުގައެވެ. ސަބަބަކީ އަނބިދަރިން ބެލެހެއްޓުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބަކަށްވާތީއެވެ.
ފިރިމީހާއާ އެއްވަރުގެ ޙިއްޞާއެއް އަނބިމީހާ ލައިފިނަމަ ވިޔަފާރީގަ ދެމީހުން ވާނީ ހަމަހަމަ! ފައިދާވެސް ބަހަންޖެހޭނީ އެއްވަރަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ