މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އއ. އަތޮޅާއި ހަމައަށް ހުދު ސަމާލުނެރެފިއެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މި ސަރަހައްދުތަކަށް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން މިސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި މިވަނީ މިއަދު މެންދުރު 08:30 އިން ފެށިގެން ރޭގަނޑު 13:30 އާއި ހަމައަށެވެ.
މެޓް އޮފީހުން ވަނީ ކަނޑުތައް ގަދަވާނެކަމަށް ބެލެވޭތީވެ، ހުރިހާ ފަރާތްތަކުން، ހާއްސަ ގޮތެއްގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމުގެ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.
ހއ. އަތޮޅުން ފެށިގެން އއ. އަތޮޅާއި ހަމައަށް ހުދު ސަމާލުނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ