އީރާނުގެ ދަޢުލަތުގެ ޓީވީ ސްޓޭޝަނަށް އިޒްރޭލުން ބޮން އަޅައިފި

އިޒްރޭލާއި އިރާނާ ދެމެދު މިހާރު ބަދަލުކުރަމުންދާ ހަމަލާތަކުގައި އިރާނުގެ ދައުލަތުގެ ޓީވީ ޗެނަލް ހިންގާ އިމާރާތަށް އިޒްރޭލުން މިއަދު ހަމަލާ ދީފި އެވެ.އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ޓީވީ ސްޓޭޝަނަށް ޔަހޫދީން ބޮން އަޅާފައިވަނީ، ރޭގަނޑުގެ ޕްރޮގްރާމްތަކަށް މުވައްޒަފުން ތައްޔާރުވަމުންދަނިކޮށެވެ.ބޮން އެޅި ވަގުތު، އެ ސްޓޭޝަންގެ ޕްރޮގްރާމެއް ވަގުތުން ދުރަށް ދައްކަމުންދިޔަ އެވެ. ބޮން އެޅުމާ އެކު މުޅި އިމާރާތް ގުޑައިގެންގޮސް، އެ ޕްރޮގްރާމް ހުށަހަޅައިދޭން އިން އީރާނުގެ ތަޖުރިބާކާރު ނިއުސްކާސްޓަރ ސަހަރް އިމާމީ ސަލާމަތް ހޯދަން ދުއްވައިގަންނަ މަންޒަރު ފެނެ އެވެ. އިރާނުގެ ދައުލަތުގެ ޓީވީ ސްޓޭޝަން ހުންނަނީ އާންމުން އެ ސަރަހައްދެއް ދޫކޮށް އެހެން ތަނަކަށް ދިއުމަށް އިޒްރޭލުން އިންޒާރު ދިން ސަރަހައްދެއްގަ އެވެ.އިޒްރޭލުގެ ހަމަލާތަކަށް ފަހު، އިރާނުގެ ޓީވީ ޗެނަލުން މިހާރު ވަނީ އަނެއްކާވެސް ބްރޯޑްކާސްޓް ކުރަން ފަށައިފަ އެވެ.އިރާނުގައި އެންމެ މަގުބޫލު ޓީވީ ޗެނަލަކީ ވެސް ހަބަރު ނެޓްވޯކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ