ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ގައުމު ތަރައްގީ ނުކުރެވޭ ކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ހަރުގޭގައި މިރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ ފަސް އަހަރުގެ ދައުރެއްގެ ފުރަތަމަ ދޭއް ނުވަތަ ތިން އަހަރު މަސައްކަތް ކުރަންޖެހެނީ އޭގެ ކުރިން ވެރިކަން ކުރި ސަރުކާރުގެ ހަޑި ފިލުވަން ކަމަށެވެ. އެކަންކޮށް ނިމޭއިރު، ދެން ގައުމަށް ތަރައްގީއެއް ގެންނާން ކަމެއް ކުރާނެ ވަގުތު ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"2008 ގައި އަޅުގަނޑުމެންނަށް މި ލިބުނު ވެރިކަމުގެ [ނިޒާމުގެ] ތެރެއިން އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އައި އިރުގައި ހަގީގަތުގައި ރާއްޖޭގެ ރައްޔިތުން މިއަދު ވިސްނާ ފިކުރު ކުރަން އެބަޖެހޭ ފަސް އަހަރުގެ ދައުރެއް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެނެއް ގައުމެއް ތަރައްގީއެއް ނުކުރެވޭ،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
އެ ސަބަބާހުރެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް އިތުރު ދައުރެއް ހޯދައިދިނުމަށް، 2028 ގެ އިންތިހާބު ކާމިޔާބު ކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ދެވަނަ ދައުރެއް ރައީސް މުއިއްޒުއަށް ދޭން މަޖުބޫރުވަނީ ގައުމަށްޓަކައި ކަމަށް ވެސް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
އެކަން ހާސިލު ކުރުމަށްޓަކައި އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންނަން އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ވެސް މި ޕާޓީއަށް، ސަރުކާރު ހިންގާ ޕާޓީއަށް، ޕީއެންސީއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަރަށް މުހިންމު އިންތިހާބަކަށް ވާނެ، ހުރިހާ ރައްޔިތު ބޭފުޅުން ފޫގަޅައި އެއް އަޑަކުން ލޯކަލް ކައުންސިލް އިންތިހާބު ނަގައިދިނުމަށްޓަކައި މަސައްކަތްތަކެއް އެބަ ކޮށްދޭން ޖެހޭ،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް ކޮށްދިނުމަކީ މި ސަރުކާރަށާއި ރައީސް މުއިއްޒުއަށް ކޮށްދެވޭނެ އެންމެ ބޮޑު ކަންތައް ކަމަށެވެ.
ފަސްއަހަރުގެ ދައުރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ގައުމު ތަރައްގީއެއް ނުކުރެވޭ: މުހައްމަދު އިސްމާއިލް ފަސްއަހަރުގެ ދައުރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ގައުމު ތަރައްގީއެއް ނުކުރެވޭ: މުހައްމަދު އިސްމާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ