އިނގުރައިދޫގައި މަސްތުވާތަކެތި ވިއްކުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
މިކަމާގުޅިގެން ފުލުހުން ބުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ ހޮނިހިރު ދުވަހު އިނގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދުވަސްވީ ފިރިހެނަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ، ދަފްތަރު ނަންބަރު 2689، އަލީ ޝަރީފެވެ. އެގޮތުން އަލީ ޝަރީފް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.މި މައްސަލައާ ގުޅިގެން އޭނާ 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން ބުނީ، މިމައްސަލަ އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ