ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ހިޖުރަ ކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށްޓަކައި ސާވޭއެއް ކުރުމަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ފަސް އަހަރުގެ އެކްޝަން ޕްލޭން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ހިޖުރަ ކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބަލަން ސާވޭއެއް ކުރުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުިވީ، ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ފާއިތުވެ ދިޔަ އަހަރު މިނިސްޓްރީން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ކައުންސިލްތަކާއެކު ރަނގަޅު ގުޅުމެއް މިއަދު ޤާއިމްކުރެވިފައިވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
"މިއަދު ރައިސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް، އަޅުގަނޑަށް އިރުޝާދު ދެއްވާފައިވޭ ރާއްޖޭގައި މި ވަގުތު ހުރި ރަށްރަށުގެ ތެރެއިން ޚާއްސަގޮތެއްގައި އެ ރަށްރަށުގެ ރައްޔިތުންގެ ވިސްނުމާއި ފިކުރު އެބޭފުޅުން އެހެން ތަނަކަށް ހިޖުރަކުރުމާ ދޭތެރޭގައި ވިސްނުންފުޅު ހުންނަ ގޮތެއް ދެނެގަތުމުގެ ސާވޭއެއް ކުރުމަށް. ހަމައެއާއެކު ރައިސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ހަވާލާކުރައްވާފައިވާ އެހެން މަސައްކަތެއް އެއީ ހދ. ހިރިމަރަދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް އަޅުގަނޑުމެންގެ މިނިސްޓްރީން އިސްނަންގަވައިގެން ކުރިއަށް ގެންގޮސްދެއްވުން" މިނިސްޓަރ ވިދާޅުވިއެވެ.
ލޯކަލް ގަވާމެންޓް މިނިސްޓްރީގެ ފަސް އަހަރުގެ އެސްއޭޕީއާ އެކު މި އަހަރުގެ ޕްލޭން އިފްތިތާހުކޮށްފައިވާއިރު ފަސް އަހަރުގެ ޕްލޭނުގައި ހިމެނޭނީ ރައީސްގެ ވަޢުދުފުޅުތަކާއި އަދި ސަރުކާރުން ބޭނުންވާ ކަންތައްތައް ޙާޞިލްކުރުމަށްޓަކައި، މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ކަމަށް އެ މިނިސްޓްރީން އެ ރަސްމިއްޔާތުގައި ފާހަގަކޮށްފައިވެއެވެ.
ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ހިޖުރަކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ