2023 އާއި 2024 ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު އެވޯޑު ދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އަދަދު އަށް ވިދާޅުވީ އޯ ލެވެލް ގަދަ 10 ގެ އެވޯޑު ނުދެވި އޮތް އަހަރާ އެކު، ދެ އަހަރު އެއްކޮށްލައިގެން އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު ބާއްވާނީ މާލޭގެ ސޯޝަލް ސެންޓަރުގައި ކަމަށެވެ.
"އޯ ލެވެލް ޓޮޕް 10 އެވޯޑު ނުދެވި އޮތް އަހަރާއި އެއްކޮށް ދޭނެ. އެވޯޑު ދިނުން އޮންނާނީ ސޯޝަލް ސެންޓަރުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
އޯ ލެވެލް ގަދަ 10 ގައި ހިމެނުނު ކުދިންނަށް އޮންނަ އުސޫލުގެ ތެރެއިން އެވޯޑު ދޭނެ ކަމަށް މިނިސްޓަރު ޝަފީއު މީގެ ކުރިން ޔަގީންކަން ދެއްވި އެވެ.
އޯލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުން ދިގުލައިގެން ދިޔުމާއެކު މިދިޔަ އަހަރު ބެލެނިވެރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެވެ.
އޭ ލެވެލްގެ ގަދަ 10 ގައި ހިމެނެނު ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ނަމުގައި މިދިޔަ އަހަރު އެވޯޑު ދިނެެވެ.
2023 އާއި 2024 ގެ އޯ ލެވެލް ޓޮޕް 10 އެވޯޑު އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު ދެނީ 2023 އާއި 2024 ގެ އޯ ލެވެލް ޓޮޕް 10 އެވޯޑު އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ