ނަޝީދާއި ޑިމޮކްރެޓްސްގެ ގިނަ ބަޔަކު އެމްޑީޕީއަށް ސޮއިކުރަން ނިންމައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ދަ ޑިމޮކްރެޓްސް ޕާޓީގެ އެންމެހާ މެންބަރުން އެމްޑީޕީއާ ގުޅެން ޑިމޮކްރެޓްސް ޕާޓީން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ނަޝީދު ރިޔާސަތު އިންނަވައިގެން މިއަދު މެންދުރު ފަހު ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓުގައި ބޭއްވި ދަ ޑިމޮކްރެސްޓްސް ޕާޓީގެ ނޭޝަނަލް އެސެމްބްލީ ބައްދަލުވުމުގައި ނިންމާފައި ވަނީ ދަ ޑިމޮކްރެސްޓްސްގެ އެންމެހާ މެންބަރުން އެމްޑީޕީއާ ގުޅުމަށެވެ. އެގޮތުން: 
އެގޮތަށް ނިންމީ އެ ބައްދަލުވުމުގައި ބައިވެރިވި 44 މެންބަރުންގެ ތެރެއިން 35 މެންބަރުންގެ ވޯޓުން
ތަފްސީލް - ޑިމޮކްރެޓްސް ޕާޓީގެ އަންހެނުންގެ ކޮފީގެ ލީޑަރު ފާތިމަތު ހަމްދާ މުހައްމަދު ހުށަހެޅި ގަރާރުގައިވާ ގޮތުގައި އެމްޑީޕީއާ އެ ޕާޓީގެ މެންބަރުން އަލުން ގުޅެން ނިންމި ސަބަބުތަކަކީ: 
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް
ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކޮށް ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ގާއިމްކުރުމަށް
ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާއި މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިއާދަކުރުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ދެކޭތީ 
"އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމުކަމަށް ޤަބޫލު ކުރެވޭ ހިނދު، މި މަގުސަދު ހާސިލް ކުރުމަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،" މިއަދު ފާސްކުރި ގަރާރުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ