ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑް އާއި ޗައިނާގެ މަޝްހޫރު އެލެވޭޓާރ ކުންފުންޏެއް ކަމަށްވާ ސްޓާރ އެލެވޭޓާރ ގްރޫޕާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު ޝަންގްހާއި ގެ ޒޫހޮއު ސިޓީގައި އެވެ. ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓާރ، ނަސްރުﷲ އަބްދުލް ވާހިދު އެވެ.މި އެއްބަސްވުމަކީ ސްޓާރ އެލެވޭޓާރ ގްރޫޕް މެދުވެރިކޮށް ފޫޖީ ސްޓާރ ބްރޭންޑް ގެ އެލެވޭޓާރ ވިއްކުމާއި އިންސްޓާލް ކޮށްދިނުމުގެ ހިދުމަތް ރާއްޖޭގައި ސޯލް އޯތޮރައިޒްޑް ޑިސްޓްރިބިއުޓާރ އެއްގެގޮތުގައި ފޯރުކޮށްދިނުމަށް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑްއިން ވެފައިވާ އެއްބަސްވުމެކެވެ. ޝަންގްހާއި އަކީ ދުނިޔޭގައި އެންމެ ގިނަ ލިފްޓް ބޭނުންކުރާ ސިޓީއެވެ.ސްޓާރ އެލެވޭޓާރ ގްރޫޕަކީ ޗައިނާގެ އެންމެ ކުރިއަރާފައިވާ އެލެވާޓާރ ޑިސައިން ކުރުމާއި، އިންސްޓާލް ކޮށްދިނުމާއި، މަރާމާތުކޮށްދިނުމުގެ ހިދުމަތަށް މަޝްހޫރުވެފައިވާ، 2005 ގައި އުފެދުނު ކުންފުންޏެކެވެ. އެ ކުންފުންޏަކީ ފެންވަރު ރަނގަޅު އުފެއްދުންތަކާއި ހިދުމަތްތަކުގެ ސަބަބުން ދުނިޔޭގެ ޓްރާންސްޕޯރޓޭޝަން އިންޑަސްޓްރީގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. ސްޓާރ އެލެވޭޓާރ ގްރޫޕުގެ ބްރޭންޑެއް ކަމަށްވާ ފޫޖީ ސްޓާރ އަކީ ކޮލިޓީ ރަނގަޅު އެލެވޭޓާރ ޕްރޮޑަކްޝަނާއި ސޮލިއުޝަން ފޯރުކޮށްދިނުމަށް ހާއްސަ ބްރޭންޑެކެވެ. ޕަސެންޖާރ އެލެވޭޓާރ، ރެސިޑެންޝިއަލް އެލެވޭޓާރ، ހޮސްޕިޓަލް އެލެވޭޓާރ، އެސްކަލޭޓާރ، އަދި މޫވިންގް ވާލްކްވޭސް ފަދަ އެކި އުފެއްދުންތައް ފޫޖީ ސްޓާރ އިން ފޯރު ކޮށްދެއެވެ. ފޫޖީ ސްޓާރ ބްރޭންޑްގެ ދެއަކުން ފެށިގެން ފަންސާސްފަސް ފަންގިފިލާގެ އެލެވޭޓާރ ގެ އިތުރުން، އެސްކަލޭޓާރ އަދި އޮޓޯވާލކްސް ވެސް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް، މި އެއްބަސްވުމާއި އެކު ލިބިގެން ދާނެ އެވެ.އިތުރު މައުލޫމާތު ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑްގެ ހޮޓްލަ އިން 7379778 އަށް ގުޅުމުން ލިބޭނެ ކަމަށް އެކުންފުނިން އިން މައުލޫމާތު ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ