މި އަހަރު ވެސް ރޯދަމަހުގެ ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދޭނަން: ރައީސް
ކުރިއަށް އޮތް މި އަހަރުގެ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ސަރުކާރުން ޑިސްކައުންޓް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.ރައީސް އެ އިއުލާން ކުރެއްވީ، ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ."ކުރީ ރޯދަމަހު ދިން ގޮތަށް މި އަހަރުގެ ރޯދަމަހު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭނަން. އެކަން އެގޮތަށް ކުރިއަށް ދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.ސަރުކާރުން ވަނީ މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ވެސް ދޫކުރަން ފަށައިފަ އެވެ. ރަށްރަށުގައި މަސްދަޅު ކޭސްތައް ގޭގެ އަށް ބަހާފައިވާއިރު، މާލޭގައި އެ ބެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.މި ހަދިޔާގެ އިތުރުން ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުންނެވެ.މި ސަރުކާރުން ވަނީ ރޯދަ މަހުގެ ފަހު 10 އެއީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ