ފޭކު ސްލިޕުން ކާތަކެއްޗަށް އޯޑަރުކުރި މައްސަލައެއްގައި މީހަކު ހައްޔަރަށް

ފޭކު ސްލިޕުތަކެއް ބޭނުންކޮށްގެން އެކި ދުވަސް މަތިން ކާބޯތަކެއްޗަށް އޯޑަރުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިިހިނެއް؟ - ފުލުހުން މިއަދު ބުނި ގޮތުގައި:
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޒައިދާން މުހައްމަދު ހާޝިމް، 28، ގ. ސިނަމާލެ 
މީނާއަކީ މަކަރާއި ހީލަތުގެ ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް
ތަފްސީލް - 'ފުޑީސް ޑެލިވަރީ' ކިޔާ އެޕަކުން ތަފާތު އެކި ދުވަސް މަތިން ޒައިދާން ކާބޯތަކެއްޗަށް އޯޑަރުކޮށްފައިވެ އެވެ. އޭނާއަށް ތުހުމަތުކުރަނީ އެ ހިދުމަތް ހޯދުމަށް ފަހު ފައިސާ ދެއްކި ކަމަށް ބުނެ އަސްލު އޮޅުވާލައިގެން ސައްހަ ނޫން ސްލިޕްތަކެއް ހަދައި 'ފުޑީސް ޑެލިވަރީ'އަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޒައިދާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާ ކަަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ