ޑްރަގްސް ފެނުނު ބޭރު ބޯޓުގެ ކެޕްޓަންގެ ބަންދަށް އިތުރު 15 ދުވަސް ނޮޅިވަރަމުގައި އުމުރުން ދުވަސްވީ މީހަކު މޫދަށްއެރި އުޅެނިކޮށް މަރުވެއްޖެ ކަބީރު ބެޑީ: ދަރިފުޅުގެ ވަކިވުމާއި އެކު ދިމާވި ގޮންޖެހުންތަކުން އަރައިގަތް ތަރިއެއް ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލެއ

ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލާގައި ދައުވާ ލިބުނު ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފިއެވެ.
މަރުތޭލަކުން ޝަމީމަށް ހަމަލާދީފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 31ގައެވެ. މި ހާދިސާ އާއި ގުޅިގެން ޝަމީމަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި ހަތް މީހުންގެ ތަހުގީގު ނިންމައި، ދައުވާކޮށްގެން އެދި ފުލުހުން ޕީޖީއަށް ހުށަހެޅީ މިދިޔަ އަހަރުގެ އޮގަސްޓު 18ގައެވެ.
ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް، ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއާ ގުޅިގެން މިދިޔަ މަހުގެ 14 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. މި ހުކުމް އިސްތިއުނާފު ކުރުމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެއެވެ.
ޕީޖީ ޝަމީމަށް ހަމަލާ ދިން މައްސަލައިގެ ދައުވާ ލިބޭ މީހުން
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޝަމީމަށް މަރުތޭލަކުން ހަމަލާދިނީ އޭނާއަށް ފާރަލަމުން ގޮސް، އޭނާ ދިރިއުޅޭ ގެ ކައިރިންނެެވެ. އެ މަންޒަރު ހުރީ ސީސީޓީވީ ކެމެރާއަށް ވެސް އަރައިފަ އެވެ.
ނަމަވެސް މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ނިންމީ، ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ