ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިންގް ޕްރޮޑަކްޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލްއިން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިންގް ޕްރޮޑަކްޓްތަކަށް ބަދަލުގެނައީ، ރިއަލް އެސްޓޭޓް ފައިނޭންސިންގާއި ގެސްޓްހައުސް ފައިނޭންސިންގާއި ވަރކިންގ ކެޕިޓަލް ފައިނޭންސިންގަށެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި ބަދަލަކީ ދިވެހި ވިޔަފާރިތަކަށް ދޭ އަހައްމިއްޔަތުކަން ހާމަވާ މުހިންމު ބަދަލެއް ކަމަށެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގް ހޯދަން ފަސޭހަ ކޮށްދިނުމަށް ގިނަ ޝަރުތުތަކެއް ލުއިކޮށް، ބޭންކުން ވިޔަފާރިތައް ކުރިއަރުވައި ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމިތިބެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ވިޔަފާރިތަކަށް ބީއެމްއެލްއިން ދޫކުރާ ފައިނޭންސްތަކަށް ބަދަލުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ