ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ބިދޭސީއަކު މަރުވެއްޖެ

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކަރެކްޝަންސްއިން ބުނި ގޮތުގައި މަރުވި މީހާއަކީ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ނަމަކަށް ކިޔާ ނައިޖީރިއާ ފިރިހެނެކެވެ. މަރުވި އިރު އުމުރުން 35 އަހަރެވެ.
ތަފްސީލް - ކަރެކްކްޝަންސްއިން ބުނި ގޮތުގައި، މިއަދު ހަވީރު އެހެން މީހުންނާއެކު ޔާޑްގައި ކުޅެން ހުއްޓައި ކުއްލިއަކަށް ވެއްޓުމުން، ވަގުތުން އޭނާ ވަނީ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދީފަ އެވެ. އެގޮތުން:
އޭގެ 4 މިނެޓް ފަހުން މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި
އޭނާ މަރުވި ކަމަށް ހޮސްޕިޓަލުން ކަނޑައެޅީ ހަވީރު 5:20 ހާއިރު
އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.
އެއީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ނޫން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
އޭނާ މަރުވުމުން، އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަދި ޕްެރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ވަނީ އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ