އޭޑީކޭ ގްރޫޕުގެ ޔޮޓު، 'ނަވައިމާ' ގައި ރޯވެ އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފި އޭޑީކޭ ގްރޫޕުގެ ޔޮޓު، 'ނަވައިމާ' ގައި ރޯވެ އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފި

އޭޑީކޭ ހޮސްޕިޓަލު ހިންގާ އޭޑީކޭ ގްރޫޕުގެ ލަގްޒަރީ ޔޮޓު 'ނަވައިމާ' ގައި ރޯވެ އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މާލެ އަތޮޅު ރީތި ރަށް ރިސޯޓާ ދިމާ ފަސް މޭލު ބޭރުން ކަމަށެވެ. ހާދިސާ ހިނގީ ފެބްރުއަރީ 5، ވަނަ ދުވަހު ފަތިހު 3:45 ހާއިރު އެވެ.
ޔޮޓުގައި އެ ވަގުތު ފަސް މީހަކު ތިބި ކަމަށާއި އެތަނުން އެކަކު ފިހިގެން މާލެ ގެނެސް ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭގައި ދެން ތިބި ހަތަރު މީހުންނަށް ބޮޑު އަނިޔާއެއް ނުވެ ސަލާމަތްވި އެވެ.
ހާދިސާގެ މައުލޫމާތު އެނގޭ މީހަކު މި ނޫހަށް ކިޔައިދިން ގޮތުގައި ޔޮޓުގައި އަލިފާން ރޯވި އިންޖީނު ރޫމުން އެއްޗެއް ގޮވުމާ ގުޅިގެންނެވެ. ރޯވި އަލިފާން ވަރަށް އަވަހަށް ފެތުރުނު ކަމަށްވެސް އެމީހާ ބުންޏެވެ.
ފަސް ވަރަކަށް ގަޑީރަށް އެނދުމަށްފަހު ލޯންޗު އަޑިއަށް ދިޔައީ ހެދުނު 7:00 ހާއިރު ކަމަށާއި މެރިން ޕޮލިހާއި ސިފައިންގެ ކޯސްޓު ގާޑުން އެ ސަރަހައްދަށް ދިޔަ ކަމަށްވެސް އޭނާ ބުންޏެވެ.
ނަވައިމާ އަކީ އޭޑީކޭ ކުންފުނިން ލަގްޒަރީ ޗާޓާތަކަށް ދޫކުރާ ޔޮޓެކެވެ. 26 މީޓަރުގެ މި ޔޮޓުގައި ޖުމްލަ ހަތަރު ކޮޓަރި ހުންނައިރު 10 ގެސްޓުންނާއި 4 ފަޅުވެރިންގެ ޖާގަ އެ އުޅަނދުގައި ހުންނަ ކަަމަށް ރަސްމީ ވެބްސައިޓުގައި ބުނެފައިވެ އެވެ.
މި ޔޮޓު ބަނީ 2008 ގަ އެވެ. އޭގެ ފަހުން 2016 ގައި އެ އުޅަނދު ވަނީ އެކު އެކީ މަރާމާރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ